
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބައިނަލްއަގުވާމީ ގޮތުން މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މިދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ގައެވެ. މިއަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ “ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން” އެވެ. މީގެ މާނައަކީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ. މުދައްރިސުންގެ ދުވަހަކީ އެބޭފުޅުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހޭލުންތެރިކުރުވައި، އެބޭފުޅުންގެ ޤުރުބާނީއާއި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
މުދައްރިސުންނަކީ ކޮންމެ ޤައުމެއްގެވެސް މުޖުތަމަޢުގައި ތިބޭ އެންމެ މުހިންމު ފަރާތްތަކެވެ. އެއީ މުސްތަޤުބަލުގެ ޖީލު ރަނގަޅު ތަރުބިއްޔަތެއްގެ ވެރި ބަޔަކަށް ހެދުމުގައި އެބޭފުޅުން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ޤައުމެއް ބިނާކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލާ މީހުންގެ ތެރޭގައި މުދައްރިސުން ހިމެނެއެވެ. ރާއްޖޭގައި ދިވެހި އަދި ބިދޭސީ މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދިނުމުގައި ހަރަކާތްތެރިވެއެވެ. ޚާއްސަކޮށް އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތައް ކިޔަވައިދިނުމުގައި ބިދޭސީ މުދައްރިސުން ގިނަ ނަމަވެސް، ދިވެހި މުދައްރިސުންވެސް މަދެއްނުވެއެވެ. އެންމެންގެވެސް އެއް އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، މޮޅު ކުދިންތަކެއް އުފައްދައި، ޤައުމަށް ޚިދުމަތްކުރާނެ ޖީލެއް ބިނާކުރުމެވެ.
ރާއްޖޭގެ ސްކޫލްތަކުގައި 11,000 އަށް ވުރެ ގިނަ މުދައްރިސުންނާއި، ކޮލެޖް ޔުނިވަރސިޓީތަކުގައި ލެކްޗަރަރއިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ މުދައްރިސުން ތަޢުލީމް ދެމުންދެއެވެ. އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ވަގުތު ދަރިވަރުންނަށް ޚާއްސަކޮށް، ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތައް މާކުކުރުންފަދަ އެތައް މަސައްކަތެއް ރެއާދުވާލު ކުރައްވަމުން ގެންދެއެވެ. އެހެންކަމުން މުދައްރިސުންގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް އިޙްތިރާމްކުރުން މުހިންމެވެ. ބައެއް މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ނުލިބުމަކީ ދިމާވެފައިވާ މައްސަލައެކެވެ. މިކަން ހައްލުކުރުމަށް މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ މަސައްކަތެއް ވަނީ ފައްޓާފައެވެ. މި މަސައްކަތުގެ ދަށުން 135 ދަރިވަރަކަށް މުދައްރިސްކަން ކިޔެވުމުގެ ސްކޮލަރޝިޕް ދީފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.
ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާ ހަމައަށް ކިޔަވަމުންދާ ހާސްގާނެ ދަރިވަރުންނަކީ މާދަމާ މި ޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާ ޙަވާލުވާނެ ބޮޑެތި މީހުންނެވެ. އެހެންކަމުން ޤައުމުގެ މުސްތަޤުބަލު ބައްޓަންވާނީ މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރާ ގޮތެއްގެ މައްޗަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
