
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ވިލާތުގެ އެކި ޤައުމުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީވިލާތާއި ސްޕެއިންއާއި ޕޯޗުގަލް ހިމެނެއެވެ. ސްޕެއިންގެ ބާސެލޯނާއާއި މެޑްރިޑްގައި ކުރިއަށްދާ މުޒާހަރާތަކަކީ މީގެ ހަފްތާތަކެއް ކުރިން ރާވައި ކުރިއަށް ގެންދާ އެއްވުންތަކެކެވެ. ނަމަވެސް އިޓަލީވިލާތުގެ ރޯމްއާއި ޕޯޗުގަލްގެ ލިސްބަންގައި މުޒާހަރާ ކުރަން ފަށާފައި ވަނީ ޣައްޒާ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ޔަހޫދީން ހުއްޓުވުމާ ގުޅިގެންނެވެ. އިޓަލީވިލާތުގައި އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި މުޒާހަރާތަކުގައި ދެ މިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އެ ޤައުމުގައި ވަނީ އެއް ދުވަހުގެ ހަޅުތާލެއްކޮށް ޤައުމު ހުއްޓުމަކަށް ގެނެސްފައެވެ.
ފާއިތުވި ހަފްތާތަކުގައި ސްޕެއިންގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުުންދާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ސްޕެއިންގައި ކުރި މުޒާހަރާތަކުގައި 70،000އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ބެލެވެއެވެ. އެ ޤައުމުގެ ސަރުކާރުން ވެސް ދަނީ ޔަހޫދީ ސަރުކާރާ ދެކޮޅަށް ޚާރިޖީ ގޮތުން ފިޔަވަޅު އަޅަމުންެނެވެ. މިދިޔަ މަހުގެ ތެރޭގައި ސްޕެއިންގައި އޮތް ބައިސްކަލު ދުއްވުމުގެ މުބާރާތަކަށް ވެސް އެ ޤައުމުގައި ކުރި މުޒާހަރާއެއްގެ ސަބަބުން ހުރަސްއެޅިފައިވެއެވެ. ސްޕެއިންގެ ބޮޑުވަޒީރު، ޕެޑްރޯ ސަންޗޭޒް ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަަކަކީ ނަސްލުހޭދެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ޔަހޫދީ ޓީމުތައް އެކަހެރި ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.
މީގެ އިތުރުން ލަންޑަންގައި ބޭއްވި މުޒާހަރާތަކުގައި ވެސް ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. އެ މުޒާހަރާތަކުގައި 442 މީހުން ހައްޔަރުކޮށްފައިވެއެވެ. މުޒާހަރާތައް ކުރިއަށް ނުގެންދިޔުމަށް ފުލުހުން އިލްތިމާސް ކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހިފައެއް ނުވެއެވެ. އެ މީހުން ދަނީ ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަލަސްޠީނިއަން އެކްޝަން ޖަމްޢިއްޔާ ނިރުބަވެރިކަމާ ގުޅޭ ޤާނޫނެއްގެ ދަށުން އެ ޤައުމުގައި މަނާ ކުރުމުން އެ ކަމާ ދެކޮޅަށް އަޑުއުފުލަމުންެނެވެ. އަޔަލެންޑުގެ ޑަބްލިންގައި ވެސް އާންމުން ދަނީ މަގުތަކަށް ނިމުކެ މުޒާހަރާ ކުރަމުންނެވެ. ޔަހޫދީން ޣައްޒާއަށް ޙަމަލާ ދެމުންދާތާ ދެ އަހަރު ފުރުން ފާހަގަކޮށް، އެ ޤައުމުގެ ރައްޔިތުން ދަނީ ސަރުކާރުގެ ފަރާތުން ޔަހޫދީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލަމުންނެވެ. ހަމައެއާއެކު ގްރީސްގައި ވެސް އެއްވުންތައް ދަނީ އިންތިޒާމް ކުރަމުންނެވެ. އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު އެ ޤައުމުގައި ބާއްވަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
