
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނެދަލެންޑްސް ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ‘އެފް35’ މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ބައިތައް ފޯރުކޮށްދިނުމަށް އޮތް ހުރަސް ނިމުމަކަށް އައިސްފައިވީނަމަވެސް، އެ ބައިތައް ޔަހޫދީންނަށް ފޯރުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ނެދަލެންޑްސްގެ ސަރުކާރުން ބުނެފިއެވެ. ފަލަސްޠީނުގެ ޣައްޒާގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޤަތުލުއާއްމުގައި ބޭނުންކުރާ އެފް35ގެ ބައިތައް ފޯރުކޮށްދިނުން ހުއްޓުވީ، ނެދަލެންޑްސްގެ އިސްތިއުނާފު ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެންނެވެ. ނަމަވެސް، ޤައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރެއް ފަނޑިޔާރުންނަށް ނެތްކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.
އަދި އެކަމާ މެދު ވަކި ގޮތެއް ނިންމުމަށް، ސުޕްރީމް ކޯޓުން ވަނީ ހަ ހަފްތާގެ މުއްދަތެއް ސަރުކާރަށް ދީފައެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އެފް35ގެ ބައިތައް ޔަހޫދީންނަށް ފޯރުކޮށްދިނުމަކީ، މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. މި ނިންމުމުގައި، ޣައްޒާގައި މިހާރު އޮތް ޙާލަތާ ސީދާ ގުޅުމެއް ނެތަސް، ޣައްޒާގައި ވަގުތުން ވަގުތަށް ސުލްޙަ ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭކަމަށް ޤަބޫލުކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއިން އުފައްދާ އެފް35ގެ ބައިތައް، ނެދަލެންޑްސްގެ ގުދަންތަކުން، މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ޤައުމުތަކަށް އެކްސްޕޯޓު ކުރެއެވެ. ނެދަލެންޑްސުން އެ ބައިތައް ފޯރުކޮށްދިނުން ހުއްޓައިލިނަމަވެސް، އެ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެހެން ޤައުމެއް މެދުވެރިކޮށް ވެސް އެ ބައިތައް ހޯދޭނެކަމަށް، ނެދަލެންޑްސްގެ ސަރުކާރުގެ ވަކީލުން، އިސްތިއުނާފު ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
