
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ) އާ ލީޑަރުގެ މަޤާމަށް ސަނައެ ތަކައިޗީ ހޮވުމާ އެކު، ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކު ޢައްޔަނުކުރުމާ ވަރަށް ގާތަށް ޖެހިލައިފިއެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ އާ ލީޑަރުކަމަށް ހޮވާފައިވާއިރު، ބޮޑުވަޒީރުކަމަށް އައްޔަނުކުރުމާ މެދު، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި މި މަހުގެ 15 ވަނަ ދުވަހު ވޯޓަށް އަހާނެކަމަށް ބެލެވެއެވެ. ޤާނޫނު ހަދާ މަޖިލީހުގައި އެލްޑީޕީގެ ވެރިކަންކުރާ އިއްތިހާދުގެ އަޣުލަބިއްޔަތު އޮތް އިރު، ބޮޑުވަޒީރުކަމަށް ތަކައިޗީ ޢައްޔަނުކުރުމަށް މާބޮޑު ހުރަހެއް އޮންނާނެކަމަކަށް ނުބެލެވެއެވެ.
އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވެސް ވަނިކޮށެވެ. ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ. އަދި ލޯނުތަކުން ނަގައި އިންޓަރެސްޓުގެ ޢަދަދު މަތި ކުރުމަށް އޭނާ ދެކޮޅުހައްދަވައެވެ. ޕާޓީގެ ލީޑަރުކަމަށް ހޮވިވަޑައިގެންނެވުމަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކައިޗީ ވަނީ އިންޓަރެސްޓު ރޭޓު ކުޑަކޮށްގެން، އިޤުތިޞާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރެއްވުމުގެ ވިސްނުން ޙިއްސާކުރައްވައިފައެވެ. ނަމަވެސް، ޤައުމުގެ މިވަގުތުގެ އިޤުތިޞާދީ ޙާލަތަށް ބަލައި، މާލިއްޔަތާ ގުޅޭ ކޮންމެ ނިންމުމެއްގައި ވިސްނުންތެރިކަން އިސްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެެވެ.
އިޤުތިޞާދުގެ އިތުރުން، ޖަޕާނުގައި ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވާތީ، އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތައް އެޅުއްވުމަކީ ވެސް ތަކައިޗީގެ މައި ވަޢުދެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
