
ދުނިޔޭގެ ސަޕޯޓަރުންގެ ގިނަ ބޮޑެތި ކުލަބުތަކަށް ފީފާ ކުލަބު ވޯލްޑްކަޕުން ދާއިމީ ޖާގައެއް ލިބޭނެ ގޮތަށް މުބާރާތުގެ އުސޫލުތައް ބަދަލު ކުރުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވިސްނަން ފަށައިފި އެވެ. މި ގޮތުން ފީފާއިން މިހާރު މަޝްވަރާ ފަށާފައިވަނީ މުބާރާތުގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު 32އިން 48 އަށް އިތުރު ކުރުމަށެވެ. އަދި މުބާރާތް ކޮންމެ ހަތަރުން އަހަރުން އެއް ފަހަރު ބޭވުމުގެ ބަދަލުގައި ކޮންމެ ދެ އަހަރަކުން ބޭއްވުމަށެވެ. ނަމަވެސް މިއީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެކެވެ. އެ ޖަމާއަތުން ބުނަނީ މީގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރު ވަރަށް ބޮޑަށް ބާރުބޮޑުވާނެ ކަމަށާއި މީގެ ސަބަބުން ނުކުންނާނެ ނޭދެވޭ ނަތީޖާ ގިނަ ވާނެ ކަމަށެވެ.
ފީފާއިން ކުލަބު ވޯލްޑްކަޕަށް އިސްލާހު ހުށަހަޅަން ބޭނުންވީ މި އަހަރު އެމެރިކާގައި ބޭއްވި ފުރަތަމަ މުބާރާތުގައި ދުނިޔޭގެ ގަދަ ބައެއް ޓީމުތައް ބައިވެރި ނުކުރުމުން އަމާޒުވި ފާޑުކިއުންތަކާއި މުބާރާތުގެ މަގުބޫލުކަން ދަށްވުމުންނެވެ. މީގެ ތެރޭގައި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ އާއި އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި އިޓަލީގެ ޗެމްޕިއަން ނާޕޮލީ ހިމެނެ އެވެ. މި ޓީމުތަކަށް ފުރުސަތު ނުލިބުނީ މުބާރާތުގައި ބައިވެރިކުރާނެ ޓީމުތަކުގެ އުސޫލު ހެދިއިރު ފާއިތުވެދިޔަ ހަތަރު އަހަރުގެ ޔޫރަޕުގެ މުބާރާތްތަކުގެ ކާމިޔާބީ އަށް ބެލުމާއި ގިނަ ބައުމުތަކަކަށް ފުރުސަތުދޭން ވިސްނުމުންނެވެ.
ނަމަވެސް މީގެ ސަބަބުން މުބާރާތުގެ ފޯރި ކުޑަވެ، ފީފާ އަށް ވަރަށް ބޮޑުތަކުން ލިބޭ އާމްދަނީ ދަށްވެގެން ދިޔަ އެވެ. އެމެރިކާގައި މުބާރާތް ކުރިއަށްދިޔައިރު ވަރަށް ގިނަ މެޗުތަކުގައި ދަނޑަށް ވަންނާނެ ބަޔަކު ނުވެގެން ޓިކެޓްތައް ސްކޫލް ދަރިވަރުންނަށާއި އެކި ފަރާތްތަކަށް ނު އަގުގައި ވިއްކަން ޖެހުނެވެ. ނަމަވެސް މުބާރާތް ނިންމާފައި ފީފާއިން ބުނީ މިއީ މާލީ ގޮތުންނާއި އިދާރީ ގޮތުން ވެސް ކާމިޔާބު މުބާރާތެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
