
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ފުޓްބޯޅަ ޓީމާ މެދު މިހާރު އޮތް އެންމެ ބޮޑު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްރީ ލަންކާ މެޗަށްވުރެ ކުޅުންތެރިންގެ ފިޓްނަސް މިހާރު ބޮޑުތަނުން ރަނގަޅުވެފައިވުން ކަމަށް ޓީމުގެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. މޯހަން ބުނީ ކުރިއަށް އޮތް މެޗަށް ތައްޔާރުވަމުން އަންނައިރު ގައުމީ ޓީމާއި މެދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިމަހުގެ ކުރީކޮޅު ލަންކާގައި ކުރިއަށް ދިޔަ ސުޕަކަޕު މުބާރާތުގައި ކުޅުންތެރިންދެއްކި ކުޅުމަށްވުރެ، ކުޅުންތެރިން މިހާރު އިތުރަށް ފިޓްވެފައިވުންކަމަށެވެ. ގައުމީ ޓީމުގެ ބުންވަރު މިހާރު އިތުރަށް ރަނގަޅުވެއްޖެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މޯހަން ބުނެފަވެއެވެ.
“ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފިޓްނެސް ހުރީ ލަންކާއަށްވުރެ މާބޮޑުތަން ރަނގަޅުވެފަ ހުންނާނެކަން އެޔަގީންވުން. އެއީ ސީޒން ފަށައިގެން ލީގު މެޗުތަކެއް ކުޅެވިފަ ހުރީމާ އޭގެ ވަރަށް ބޮޑު އިމްޕްރޫވްމެންޓްއަކަށް ވެގެންދާނެ. އަޅުގަނޑުމެންނަށް ލަންކާގަ އެ ޗެލެންޖު ވަރަށް ބޮޑަށް ދިމާވި. އެހެންނަމަވެސް މިފަހަރު އޭތި ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް އުންމީދުކުރެވެނީ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” މޯހަން ބުންޏެވެ. ރާއްޖޭގެ ފުޓުބޯޅަ އަޑިއަޅާލާ ދަތިދުވަސްތަކެއް ގުނުމަށްފަހު ފުޓުބޯޅައަށް އަލުން ދިރުން އަންނަމުންދާއިރު، ގާތްގަނޑަކަށް ދެ އަހަރު ދުވަހަށްފަހު އަލުން ރާއްޖޭގެ ފުޓުބޯޅައިގެ ލީގު ފެށިގެން ދިއުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ކޯޗު ބުންޏެވެ. ދިގު މުއްދަތަކަށްފަހު ގައުމީ ޓީމުން ހިއްލާލި ފުރަތަމަ ތަށީގެ މޭސްތިރިޔާ ކަމަށްވާ މޯހަންބުނީ ލީގުގައި ކުޅުންތެރިން ކުޅެމުން ގެންދިއުމަކީ އޭގައި ގިނަ ޕޮޒިޓިވްތަކެއް އެކުލެވޭކަމެއްކަމަށެވެ.
މިގޮތުން ކުޅުންތެރިންގެ ކިބައިން އިހުނަށްވުރެ ބޮޑަށް އެލަރޓްނެސް އަދި ޝާރޕްނެސް ފެންނަމުންދާކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް ޓީމުގެ ކުޅުން ކުއްލިއަކަށް އެންމެ ރަނގަޅުނުވާނެކަން ގަބޫލުކުރަންޖެހޭކަމަށާއި އެއީ ދުވަހުން އަންނާނެ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރުމަށް މޯހަން ބުނެފަވެއެވެ. “ދެން ކުޅުންތެރިން އިތުރު މެޗުތަކެއް ކުޅެފަ ހުރީމައާއި އެއްކޮށް އެލަރޓްނެސް ތަންކޮޅެއް ރަނގަޅުކޮށް ފެނިގެންދަނީ. ޝާރޕްނެސް ތަންކޮޅެއް ރަނގަޅުކޮށް ފެނިގެންދަނީ. މިހުންނަނީ ހަމަ ޕޮޒިޓިވް ކަންތައްތައް. ދެން ވަސްނަގާނެ އިނގޭތޯ، ލީގެއް ފެށިގެން ތިން ދުވަހަކުންނެއް އަޅުގަނޑުމެންނަކަށް ވާނުވާއެއް ނޫނިއްޔަކާމު މާ ބޮޑު ތަފާތެއް އެއީ ފެނިގެންދާނެ ކަމެއް ނޫން. އެހެންނަމަވެސް ކުރިއަށްދާ ވަރަކަށް އަޅުގަނޑު ގަބޫލުކުރާހިތްވަނީ ހަމަ ކުޅުންތެރިންގެ ވަރަށް ބޮޑު އިމްޕްރޫވްމެންޓު ފެނިގެންދާނެކަމަށް. އެކަން ނެޝަނަލް ޓީމުގަ ދައްކަމުންވެސް ދާނެކަމަށް” ދިގު މުއްދަތަކަށްފަހު ގައުމީ ޓީމަށް ތައްޓެއް ހިއްލާލުމުގެ ފުރުސަތު ހޯދަދިން ކޯޗު ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށެވެ. އެއަށްފަހު މިމަހުގެ 14ވަނަ ދުވަހު ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ނުކުންނާނީ ތަޖަކިސްތާނާއި ވާދަކުރުމަށެވެ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށް ރަސްމީ ބޯޅަ ދަނޑަށް ނުކުތުމަށްފަހު ކުރިއަށް އޮތް އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ބަލިކުރުމުގެ އަމާޒުގައި ގައުމީ ޓީމުން އަނެއްކާވެސް އަމިއްލަ ދަނޑަށް ނުކުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
