
އިދިކޮޅު އެމްޑީޕީން ރޭގައި މާލޭގައި ކުރި މުޒާހަރާއަކީ ނިރުބަވެރި ހަރަކާތެއް ކަމަށް ވިދާޅުވެ، އެ ހަރަކާތް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުށްވެރި ކުރައްވައިފިއެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވެސް ވަނީ ރޭގެ މުޒާހަރާގައި ހިންގާފައިވާ ގާނޫނާ ހިލާފު ހަރުކަށި ހަރަކާތްތައް ކުށްވެރިކޮށްފައެވެ.
ނައިބު ރައީސް ވިދާޅުވީ، ރޭގެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި ހިޔާލުފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ، މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ. ޕީއެންސީން ވެސް ވަނީ ރޭގެ އެއްވުމުގައި ހަމަނުޖެހުން ހިންގާފައިވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުން ފުރަތަމަ އެއްވީ އާޓިފިޝަލް ބީޗަށެވެ. އެކަމަކު، ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ވަނީ މަގުމައްޗަށް ނުކުމެ، މަޖީދީ މަގުން ހިނގައިގަންނަން މަސައްކަތްކޮށްފައެވެ. މިއީ ފުލުހުންނާއި އެމްޑީޕީން މީގެކުރިން އެއްބަސްވި ރޫޓާ ހިލާފަށް އެމްޑީޕީން ނިންމި ނިންމުމެކެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތްކޮށްފައެވެ.\
އަދި ފުލުހުންނާ ކުރިމަތިލައި ގަލާއި ފެން ފުޅި ފަދަ ތަކެތި ވަނީ އުކައިފައެވެ. އަދި ބެރިކޭޑާއި ފުލުހުންގެ ޝީލްޑެއް ވެސް މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
