
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ދިވެހި ރައްޔިތުން ވަނީ އެ މީހުންގެ ނިންމުން މިނިވަން އިންސާފުވެރި އިންތިހާބަކުން އިއްވާފައި ކަމަށާއި ސިޔާސީ ބަދަލު ގެންނަން ޖެހޭނީ ވޯޓަކުން ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ. އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރުމާ އެކު، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ. “މަގުމައްޗަށް ހަވަރު އެއްވެ ހިންގާ ހަމަނުޖެހުމަކުން ނޫން. ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ނިންމުން އެ ފުށްމިފުށަށް ޖަހަން [ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް،” ޕީއެންސީގެ ބަޔާގައި ބުންޏެވެ.
ރޭޣޭ މުޒަހަރާގައި ހަަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށްް، ޕީއެންސީގެ ބަޔާނުގައި ބުނީ އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ދެއްކި ޕްރޮފެޝަނަލް ކަަމަށް ތައުރީފުކުަރާ ކަމަށެވެ. ފުލުހުން މަސައްކަތް ކުރީ ގާނޫނާ އެއްގޮތަށް، ހާލަތާ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ޕީއެންސީން ބުނިގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަދި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވެ އެވެ. އެ ކަމަކު އެއީ ހަމަނުޖެހުމަށް މަގުފަހިކޮށް، މުދަލަށް ގެއްލުންދީ އަދި ފުލުހުންނަށް ހަމަލަ ދިނުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން މިމޭރުމުން ބަޔާނެއް ނެރުނު އިރު، އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ރޭ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންގުޅުމާއި ގަލާއި ފެންފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާފައިވާތީ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ރޭ ބުނި ގޮތުގައި، އެފަދަ އަމަލެއް އެ ޕާޓީގެ މެމްބަރަކު ވެސް އަދި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް ނުހިންގާނެ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ރޭ 9:00 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކުރި އެވެ. އެކަމަކު މަޖީދީ މަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
