
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ތަންފީޒީ އިދާރާތަކުގައި ޚިދުމަތްކުރާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށާއި، މުހިންމީ ހުނަރާ ޤާބިލުކަމާއި މަސައްކަތަށް ބަހައްޓާ ޝަޢުގުވެރިކަންކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ވިމެން އިން ޕޮލިސިން ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަރމްސް ސަރވިސް ހިމެނޭހެން އެ އިދާރާތަކުގެ މެދުގައި “ދި އިނޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް”ގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމަށް އިޝަރާތްކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ ކުރިއަރާ ދިއުމަށް ހުޅުވައިދޭ ވަރަށް މުހިންމު ދޮރެއްކަމަށެވެ. އަދި މިއީ މުޅި ދާއިރާއަށް ވަރަށް މުހިންމު ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ދާޚިލީ ވަޒީރު ވިދާޅުވީ ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ޙާލަތްތަކާއި ގޮންޖެހުންތަކުން އަރައިގަނެ މުޖުތަމަޢުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއްކަމަށެވެ. އަދި އެފަދަ މަޤާމުތަކުގައި އަންހެނުންނާ މެދު މުޖުތަމަޢު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއްކަން ސާބިތުކޮށްދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޖިންސުގެ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ފުރުޞަތަކަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. “ޤާނުނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ބޮޑު ތަޞައްވުރެއް. ޒަމާނީ ތަމްރީންތަކާ ތައުލީމާ، ކުރިއަރާ ދިއުމުގެ ފުރުޞަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް މިވަނީ ފަހިވެފައި. އަދި ވަރަށް ގިނަ އިސްލާހުތަކާ ހެޔޮ ބަދަލުތައް މުޅި ދާއިރާއަށް ދަނީ ގެންނަމުން.” ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ދާއިރާގެ މިސްރާބު ވަރަށް ސާފުކަމަށާއި އިސްކުރާނީ މީހާގެ ހުނަރާ ޤާބިލުކަމާ މަސައްކަތަށް ބަހައްޓާ ޝަޢުގުކަމަށެވެ. ވަޒީރު ވަނީ ޖިންސީ ތަފާތުކުރުން ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ވަޒީރު ވިދާޅުވީ ޤައުމުތަކާއި، ބައިނަލްއަޤްވާމީ އެކި އިދާރާތަކާއެކު އޮތް ގުޅުމަކީވެސް، ތަންފީޒީ އިދާއިރާތަކުގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިދާރާތަކާއި ޤައުމުތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާ ތަޖުރިބާއަކީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާގެ މުޅި ޚިދުމަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
