
ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ކިބާގައި ދެކޮޅުވެރިކަމާ ކުރިމަތިލުމުގެ ހިއްވަރު ހުންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާޙަކަފުޅުގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ތަންފީޒީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކަނބަލުންނަށް ހާއްސަކޮށް މިފަދަ ސަމިޓެއް އިންތިޒާމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ދާޚިލީ ވުޒާރާއަށާއި ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ފުޅާ ވިސްނުމެއްގައި ކަނބަލުންނަށް ފުރުސަތު ހޯދުމަށް ތަނަވަސްކޮށްދެވޭ ޖާގައެއް ކަމަށެވެ. އަދި މިދާއިރާގައި ކަނބަލުން ހަރަކާތެރިވުމަކީ ހާއްސަކަމަކަށްވުރެ ބޮޑަށް އެންމެން ބަލައިގަންނަ އާންމުކަމަކަށް ހަދަން ޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވަނީ މިދާއިރާގައި އެންމެ ބޮޑަށް އަޑު އިވޭ އެއް ވާހަކައަކީ އަދާކުރަން ޖެހޭ ވާޖިބުގެ ވާހަކަ ކަމަށްވާއިރު، އެ ވާޖިބު އަދާކުރުމުގައި ތިބީ ހަމައެކަނި ޔުނިފޯމް އެޅި ބައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އިންސާފާއި ހިތްވަރު ހުރެގެން މަސައްކަތްކުރާ ފަރާތްތައް ތިބިއިރު، ބަދަލަކަށް އެދި ޚިދުމަތް ދޭ ފަރާތްތައް ތިބިކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފަރާތްތަކުގެ ތެރޭގައިވެސް ކަނބަލުން ހިމެނޭއިރު، މުޖްތަމަޢުގެ އިތުބާރު ހޯދުމަށް ކަނބަލުންގެ ޝާމިލްވުން ތަންފީޒީ އިދާރާތަކުގައި އިތުރުކުރަން ޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަންފީޒީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަކީ، ދެކޮޅުވެރިކަމާއި ކުރިމަތިލުމުގެ ހިތްވަރު ހުންނަޖެހޭ ބަޔަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

“ހަޤީޤަތުގައި ސަލަމާތްތެރިކަމުގެ ދާއިރާގައި ކަނބަލުން ހަރަކާތްތެރިވުމަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެއް. އަންހެނުން ބާރުވެރިކުރުވުމުން މުޖްތަމަޢުއަށް ކުރިއެރުން ލިބޭ. ” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި މިދާއިރާގައި އަންހެނުން އިތުރުވުމަކީ އެއިދާރާއަކަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވާކަމެއްކަން ފާހަގަކުރެއްވިއެވެ. އަދުގެ ދުނިޔޭގައި ސައިބަރ ކްރައިމް، އިންސާނީ ވަގުފާރި އަދި ހަރުކަށި ފިކުރުތަކުގެ މައްސަލަތައް އިތުރުވެފައިވާއިރު މިއީ ހަމައެކަނި އެއް މިންތިއަކަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިފަދަ މައްސަލަތަކަށް އިޖާބަ ދިނުމުގައި އެކި ނަޒަރިއްޔަތުވެސް މުހިންމުކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ތަންފީޒީ އިދާރާތަކުގައި ކަނބަލުން އިތުރުވުމުން، މައްސަލަތައް ހުށަހެޅޭ މިންވަރުވެސް އިތުރުވާ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް އަންހެންނާއި ކުޑަކުދިންގެ އިތުބާރު، އިދާރާތަކަށް ލިބިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ޝާމިލް އިދާރާތަކަކީ މުސްތަޤުބަލަށް މުހިންމު އިދާރާތަކެއްވެސް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ސަމިޓުގައި ބައިވެރިވާ ފަރާތްތަކުންވެސް މި ސަމިޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ގޮވާލައްވާފައެވެ. އަދި ތަންފީޒީ އިދާރާތައް ގުޅިގެން އަންހެނުން ބިނާކުރުމަށް ވެވުނު އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަރުހަބާ ދެންނެވިއެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
