
ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ބާއްވާ ” މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025″ފަށައިފިިއެވެ. މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. 3 ދުވަހުގެ މުއްދަަށް ކުރިއަށްގެންދާ ” މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް ކުރިއަށްދަނީ ކްރޮސްރޯޑްސްގައެވެ.
އަންހެން ފުލުހުން ކުރިއެރުވުމަށް ވިމަން އިން ޕޮލިސިން ކޮމިޓީ އިފްތިތާހުކޮށްފަވަނީ 2021ވަނަ އަަހރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދަވާފައިވާ ކޮމިޓީއެވެ.
“ވިމެން އިން ޕޮލިސިން ސަމިޓް 2025” ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ދާޚިލި ސަލާމަތަ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި 5 ޤައުމަކުން ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ވަނީ ސަލާމަތަ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައެވެ. އަދި އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، “މޯލްޑިވްސް ވިމަން އިން ޕޮލިސިން” ފޮތް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެއިތުރުން އަންހެން ފުލުހުންގެ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ “ޗެލަންޖް ކޮއިން” ވަނީ އިފްތުތާހުކޮށްދެއްވާފައެވެ. ޗެލެންޖް ކޮއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

“ވިމެން އިން ޕޮލިސިން ސަމިޓް 2025″އަކީ ރާއްޖޭގައި އަންހެން ފުލުހުންނަށް ޚާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ބައިވެރިވެއެވެެ.
މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ޙިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ސެޝަންތައް ކުރިއަށްގެންދާނެއެވެ.
First Lady @sajidhaamohamed attends the Maldives Women in Policing Summit 2025 as Chief Guest. As part of the proceedings, she officially unveiled the Maldives Women in Police Challenge Coin. pic.twitter.com/kAlChg8C5w
— The President’s Office (@presidencymv) October 4, 2025
މި ސަމިޓްގައި ޔޫއެންއޯޑީސީ، އިންޓަރޕޯލް، ޔުނިސެފް، ޔޫއެންޑީޕީފަދަ އިދާރަތަކުން ބައިވެރިވެއެވެ. އަދި އިންޑިއާ، ޖަޕާން، ޗައިނާ، ޔުކޭ އަދި އޮސްޓްރޭލިއާގެ މި ދާއިރަގެ ތަޖުރިބަކާރުން ބައިވެރިވެ، ތަޖުރިބާ ޙިއްސާކުރާނެއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއާއި ފުލުހުންނާއި، އެމްއެންޑީއެފް، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސްފަދަ އިދާރާތަކުގެ އަންހެން އޮފިސަރުންވެސް ބައިވެރިވެއެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު ފުޅާކޮށް، އަންހެން ފުލުހުންނަށް ފަހިކޮށްދޭ ފުރުޞަތުތައްވެސް ވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މަރޗް މަހު، ފުރަތަމަ ފަހަރަށް ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަން 3 އަންހެން ފުލުހަކު ޕްރޮމޯޓްކުރައްވާފައެވެ. އަދި ފުލުހުންގެ އެކި ބަހާތަކުގައި ތަފާތުކުރުމެއްނެތި އަންހެން ފުލުހުންނަށް ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ދަނީ ފަހިކޮށްދެމުންނެވެ.
ރާއްޖޭގައި އަންހެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް ފެށީ، 1989ވަނަ އަހަރުގެ މަރޗްމަހުއެވެ. އެގޮތުން 65 އަންހެން ސިފައިން ޚިދުމަތާ ގުޅުނުއިރު، މިގެތެރެއިން 1 ބޭފުޅަކު މިހާރުވެސް އަންނަނީ ޚިދުމަތްކުރައްވަމުންނެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގެ ގާތްގަނޑަކަށް %20އަކީ އަންހެން ފުލުހުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
