
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ގޮތުން އެތަކެއް މިލިޔަން މުވައްޒަފުން މަސައްކަތްތައް ހުއްޓައިލައި ހަލުތާލު ކުރަން ފެށުމާ އެކު އިޓަލީވިލާތް ހުއްޓުމަކަށް ގޮސްފިއެވެ. ހަޅުތާލުތަކާ އެކު ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ބޮޑުވަޒީރު ޖޮރްޖާ މިލޯނީއަށް ބާރު ބޮޑުވެފައިވާއިރު، މަސައްކަތްތެރިންގެ ޔޫނިއަނުން ބުނީ، އޮކްޓޫބަރު 3ވަނަ ދުވަހު ބޭއްވި ހަޅުތާލުގައި ދެ މިލިޔަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމުގައެވެ. އަދި، ހޮނިހިރު ދުވަހު ވެރިރަށް ރޯމްގައި ބާއްވާ މުޒާހަރާގައި އެއަށްވުރެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމުގައެވެ. އިޓަލީވިލާތުގައި ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ހަޅުތާލުކޮށް، މުޒާހަރާ ކުރަން ފަށާފައި ވަނީ، ޣައްޒާގެ ހިސާރު ފޫއަޅުވައިލުމުގެ މަޤުޞަދުގައި ދަތުރު ކުރަމުން ދިޔަ ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކަށް ޔަހޫދީން ހުރަސް އެޅުމާ ގުޅިގެންނެވެ. އެ ގާފިލާ ހުއްޓުވައި، ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި އިޓަލީވިލާތުގެ 40 ރައްޔިތުން ހިމެނެއެވެ.
އިޓަލީވިލާތުގެ ނޫސްތަކުން ބުނީ، ހަޅުތާލުތަކާ ގުޅިގެން ގިނަ ޚިދުމަތްތަކަކަށް ބުރޫއަރާފައިިވާ ކަމުގައެވެ. މި ގޮތުން ވަޔާއި ރޭލާއި މެޓްރޯ އަދި ބަހުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، މަދަރުސާތައް ބަންދުކޮށް، ޞިއްޙީ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޢާންމު ޚިދުމަތްތަކާއި މަގުތައް ބަންދުވެފައިވާ ރަށްތަކުގެ ތެރޭގައި ޕީޒާ، ޕިސްކާރާ، ބޮލޯނިޔާ އަދި މިލާން ހިމެނެއެވެ. މީގެ އިތުރުން، ލިވޯރްނޯގެ ބަނދަރު ވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. މިލާންގެ ފުލުހުން ބުނީ، އެ ރަށުގައި ކުރަމުންދާ ހަޅުތާލުގެ ބައިވެރިންގެ އަދަދު 80,000އަށްވުރެ ގިނަވާނެ ކަމުގައެވެ. ހަޅުތާލު އިންތިޒާމު ކުރާ ފަރާތުން ބުނީ، މިއީ އިންސާނިއްޔަތަށް ޓަކައި ހިންގަމުންދާ ހަރަކާތެއް ކަމުގައެވެ. އަދި، ޤަތުލުޢާންމުތަކާ ދެކޮޅަށް ބަސްބުނުމުގައި އިޓަލީވިލާތުގެ ރައްޔިތުން ފަސްނުޖެހޭނެ ކަމުގައެވެ. ޔަހޫދީންގެ ޤަތުލުޢާންމަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް މުޒާހަރާގެ ބައިވެރިން ދަނީ މިލޯނީގެ ސަރުކާރަށް ބާރު އަޅަމުންނެވެ.
އިޓަލީވިލާތުގެ ވެރިރަަށް ރޯމްގައި އޮކްޓޫބަރު 3ވަނަ ދުވަހު ބެއްވި މުޒާހަރާގައި 300,000އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމުގައި މުޒާހަރާ އިންތިޒާމު ކުރާ ފަރާތްތަކުން ބުންޏެވެ. “މިއަދު މި ތަނުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު އެބަތިބި. މާދަމާ ފަލަސްޠީނުގެ ޙައްޤުގައި ނުކުންނަ މީހުންގެ އަދަދު މިލިޔަނުން ގުނައިލެވޭނެ،” މުޒާހަރާތައް އިންތިޒާމު ކުރުމުގައި ބައިވެރިވާ މަދަނީ ޖަމުޢިއްޔާ، ޕަލަސްޓަޔިން ސްޓޫޑެންޓް މޫވްމަންޓްގެ ވެރިޔާ މާޔާ އީސާ ބުންޏެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމަށް އިޓަލީވިލާތުގެ މަސައްކަތްތެރިން ނިކުމެ، ފެށި ހަޅުތާލުތަކާ އެކު މިލޯނީގެ ސަރުކާރަށް ސިހުން ގެނުވާފައިވާ ކަމުގައެވެ. ވިލާތުގެ ގިނަ ބާރުތަކުން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނަމުންދާއިރު، މިލޯނީގެ ސަރުކާރުން ވަނީ ފަހަތުފަޔަށް ބުރަވެފައެވެ. އޭނާ ބުނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމުގެ ކުރިން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައި ތިބި ހުރިހާ އަސީރުން މިނިވަން ކުރަން ޖެހޭނެ ކަމުގައެވެ.
ނަމަވެސް، މިއީ މުޒާހަރާގެ ބައިވެރިން ބަލައިގަންނަ ޝަރުޠެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އަންދްރެޔާ ދޭސީ ވިދާޅުވިއެވެ. އޭނާއަކީ، ރޯމްގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގައި ބައިނަލްއަޤްވާމީ ސިޔާސަތާއި ގުޅުންތަކާ ބެހޭ ދާއިރާގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ. “އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި [މިލޯނީގެ] ސަރުކާރަށް އޮތް ޕްރެޝަރު ދާނީ ބޮޑުވަމުން. މާދަމާ [އޮކްޓޫބަރު 4ގައި] މާ ބިޔަ ހިނގައިލުމެއް އޮންނާނެ. ހިނގައިލުމުގައި ބައިވެރިވުމަށް އިޓަލީވިލާތުގެ އެކި ކަންކޮޅުތަކުން އެކްޓިވިސްޓުންނާއި މެންބަރުން ދަނީ ރޯމަށް ދަތުރު ކުރަމުން،” އޭނާ ވިދާޅުވިއެވެ. ހަޅުތާލުގެ ބައިވެރިން ގޮވައިލަމުން ދަނީ، ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ އިޓަލީވިލާތުގެ ރައްޔިތުން ހިމެނޭ ގޮތުގައި، ޞުމޫދް ގާފިލާގައި ދަތުރު ކުރި އެންމެން މިނިވަން ކުރުމަށެވެ. އަދި، އެއްވެސް ޝަރުޠަކާ ނުލައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށެވެ. ނަމަވެސް، މި ގޮވައިލުންތަކަށް މިލޯނީގެ ސަރުކާރުން އިޖާބަދޭނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މިލޯނީގެ ސަރުކާރުން ވަނީ ހަޅުތާލުތަކާއި މުޒާހަރާ ކުށްވެރި ކޮށްފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ ނަމުގައި އެތަކެއް މިލިޔަން މުވައްޒަފުން މަސައްކަތް ހުއްޓައިލައި، ހަޅުތާލު ކުރަން ފަށާފައި ވަނީ، ހަފުތާ ބަންދު ދިގުކޮށްލައި، އިތުރު ޗުއްޓީ ދުވަހެއް ހޯދުމުގެ މަޤުޞަދުގައި ކަމުގައި މިލޯނީގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އިޓަލީވިލާތުގެ އިތުރުން ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބިޔަ މުޒާހަރާތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާ އަދި ދެކުނު އެމެރިކާގެ ޤައުމުތައް ހިމެނެއެވެ. އެންމެ ބޮޑެތި މުޒާހަރާތެއް ބާއްވަމުންދާ ރަށްތަކުގެ ތެރޭގައި ޖަރުމަނުވިލާތުގެ ވެރިރަށް ބެރްލިނާއި، ނެދަރލެންޑްސްގެ ދި ހޭގް، ތޫނިސްގެ ވެރިރަށް، އާޖެންޓީގެ ވެރިރަށް ބޮއެނޮސް އައިރިސް، އޮސްޓްރޭލިޔާގެ ސިޑްނީ، ތުރުކީވިލާތުގެ އިސްތަންބޫލް އަދި ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސް ފާހަގަ ކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
