
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް ރުހޭ ކަން ޙަމާސް ޖަމާޢަތުން ހާމަކުރުމާ އެކު، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލައްވައިފިއެވެ. ޙަމާސުން އާނބަސްބުނެފައިވާ ބައެއް މާއްދާތަކުގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުން ހިމެނެއެވެ. ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވުމާ އެކު، އެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އޮފީހުން ވަނީ، 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމުގައި ބުނެފައެވެ. އަދި، ޣައްޒާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ޙަމަލާތައް މަދު ކުރުމަށް ޔަހޫދީ ސަރުކާރުގެ އިސްވެރިން، ޔަހޫދީ ފައުޖަށް އިރުޝާދު ދީފައިވާ ކަމުގައި ޒަޔަނިސްޓުންގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ފުރަތަމަ މަރުޙަލާއަށް ތައްޔާރުވުމަށް ޔަހޫދީ ފައުޖަށް އަންގާފައިވީ ނަމަވެސް، ޙަމަލާތައް މަދު ކުރުމަށް އިރުޝާދު ދީފައިވާ ކަން ޒަޔަނިސްޓު ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް އެއްބަސްވާނެ ކަން ޙަމާސުން ހާމަކޮށްފައި މި ވަނީ، އޭނާ އެ ޖަމާޢަތަށް މުހުލަތެއް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުމާ ގަބޫލުވުމަށް އޭނާ ޙަމާސަށް ދެއްވާފައިވާ މުހުލަތު ހަމަވާނީ ސެޕްޓެންބަރު 5ވަނަ ދުވަހު ޖީއެމްޓީ ގަޑިން ރޭގަނޑު 10 ޖަހާއިރެވެ. އެއީ، ރާއްޖެ ގަޑިން، ސެޕްޓެންބަރު 6ވަނަ ދުވަހުގެ މެންދަމުންއަލިވެ 3 ޖަހާއިރެވެ. ޓްރަމްޕްގެ ހުށަހެޅުމަށް ޙަމާސުން ޤަބޫލުނުވެއްޖެ ނަމަ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ލޭއޮހޮރުވުންތައް ހިންގުމަށް އޭނާގެ ސަރުކާރުން ޔަހޫދީންނަށް ތާޢީދު ކުރާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް އޮތީ އިންޒާރު ދެއްވާފައެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގައި ދެމެހެއްޓެނި ގޮތަކަށް ސުލްޙަ ޤާއިމު ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމުގައި އޭނާ ޤަބޫލު ކުރައްވާ ކަމުގައެވެ. “އިސްރާއީލުން ޣައްޒާއަށް ބޮން އެޅުން ވަގުތުން ހުއްޓައިލަން ޖެހޭ، [ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި] އަސީރުން ރައްކާތެރިކަމާއި ހަލުވިކަމާ އެކު ސަލާމަތް ކުރެވޭނީ އެއިރުން،” މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ ހުށަހެޅުމަކީ ހަމައެކަނި ޣައްޒާއާ ގުޅޭ ހުށަހެޅުމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. “މި ކަން [ހުށަހެޅުން] ތަންފީޒު ކުރާނެ ގޮތަކާ މެދު އަޅުގަނޑުމެން މިހާރު ވެސް މި ދަނީ މަޝްވަރާ ކުރަމުން. މިއީ ހަމައެކަނި ޣައްޒާއާ ގުޅުން އޮތް ކަމެއް ނޫން، މިއީ މުޅި މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރުމާ ގުޅުން އޮތް ކަމެއް،” އޭނާ ލިޔުއްވިއެވެ.
ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވި ނަމަވެސް، ޔަހޫދީން އެ ކަމަށް އިޖާބަ ދީފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި މަންޒަރު ފެނުނު މީހުން ބުންޏެވެ. މި ގޮތުން، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ހިންގަމުންދާ ޖަރީމާތަކުގެ ދަށުން، އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން އެ ރަށަށް އަދިވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަން އެ ރަށުގެ ރައްޔިތުން ބުންޏެވެ. މީގެ އިތުރުން، އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ވެސް ޔަހޫދީ ފައުޖުން ދަނީ އެ ރަށަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޚާން ޔޫނިސަށް ވެސް ޔަހޫދީ ސިފައިން ބޮންއަޅާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
