
މެންޗެސްޓަރ ސިޓީ އާއިއެކު ސަވީނިއޯ ހަދާފައިވާ އެއްބަވުމުގެ މުއްދަތަށް ދެ އަހަރު އިތުރު ކުރުމަށްފަހު 2031 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑު ކުރުމަށް އޭނާ ނިންމައިފި އެވެ. ބްރެޒިލް އަށް އުފަން އުމުރުން 21 އަހަރުގެ ސަވީނިއޯ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 2024 ވަނަ އަހަރު 30.8 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. ސަވީނިއޯ ވަނީ ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އަށް 54 މެޗު ކުޅެ ހަތަރު ގޯލު ޖަހާފަ އެވެ. ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށްފަހު ސަވީނިއޯ ބުނެފައިވަނީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.
“ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުން ވަރަށް އުފާކުރަން. އަދި މިއީ ސިޓީގެ އިތުރު ޕެޕް ގަޑިއޯލާ އަހަރެންނަށް އިތުބާރު ކުރާ ކަމުގެ ފުރިހަމަ ހެއްކެއް.” ސަވީނިއޯ ބުންޏެވެ. ނިމިގެންދިޔަ ޓްރާންސްފަރ ބާޒާރުގައި ސަވީނިއޯ ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން މަސައްކަތް ކުރި ނަމަވެސް މެންޗެސްޓަރ ސިޓީ އިން ވަނީ އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފަ އެވެ. ސަވީނިއޯ އިތުރަށް ބުނެފައިވަނީ އޭނާ ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
