
ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ހަފްތާގައި ސްޕެއިން ކުޅޭ ދެ މެޗުގައި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލް އަށް ނުކުޅެވޭނެކަމަށް ބާސެލޯނާ އިން ބުނެފި އެވެ. އުމުރުން 18 އަހަރުގެ ޔަމާލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުރުމަށްފަހު މިދިޔަ ހަފްތާގައި ލަލީގާގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް ސޮސިއެޑާޑް ކުޅުނު މެޗުގައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ޔަމާލްގެ އަނިޔާ އިތުރަށް ގޯސްވެފައިވާތީ މަދުވެގެން ދެ ހަފްތާއަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ބާސެލޯނާގެ ޑޮކްޓަރުންނާއި ހަވާލާދީ އެ ކްލަބުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ސްޕެނިޝް ލަލީގާގައި މާދަމާ ސެވިއްޔާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލަމީން ޔަމާލް އަށް ނުކުޅެވޭނެ އެވެ. ސްޕެއިންގެ ގައުމީ ޓީމާއިއެކު ލަމީން ޔަމާލް އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިޔާއަށް އަރާމު ކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. ސްޕެއިން އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށާއި ނަމަވެސް ލީގުގައި ގިނަ މެޗުތަކެއް ކުޅޭ ބާސެލޯނާގެ ކުޅުންތެރިންނަށް ބެލުމެއްނެތި އެ ކުޅުންތެރިން ބޭނުންކުރަމުންދާ ކަމަށް ބުނެ ފްލިކް ވަނީ ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
