
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ބޯންމަތު ކުޅުނު މެޗު ފަހަތުން އަރާ 3-1 ހެ ނަތީޖާއަކުން ބޯންމަތު މޮޅުވެ ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ. ޕްރިމިއާ ލީގުގައި މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ބޯންމަތު މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް އާސެނަލް އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ފުލަމް އަށް ހަތް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި 11 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފުގައި މެޗުގެ އޮއެވަރުވަނީ އެއްކޮށް ބަދަލުވެފަ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ފުލަމް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް އޭގެ އަށް މިނިޓު ފަހުން އެންޓޮއިން ސެމެންޔޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ބޯންމަތު އަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ މެޗުގެ 84 ވަނަ މިނިޓުގައި ސެމެންޔޯގެ އެސިސްޓަކުން ޖަސްޓިން ކްލައިވަޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ސެމެންޔޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ސެމެންޔޯ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި ސެމެންޔޯ ޖެހި ލަނޑުގެ އަދަދު ވަނީ 6 އަށް އަރާފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ބޯންމަތުގެ މުހިންމު ކުޅުންތެރިންތަކެއް އެ ޓީމުން ވިއްކާލި ނަމަވެސް ސްޕެއިންގެ ކޯޗު އެންޑޮނީ އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބޯންމަތު އިން މި ފަހަރު ލީގުގައި ބަލިވެފައިވަނީ ފުރަތަމަ މެޗުގައި ޗެމްޕިއަން ލިވަޕޫލް އަތުންނެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
