
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ނެތިވެސް އިނގިރޭސިންނަށް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރެވިދާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. އޭނާ މިހެން ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އާއި ވޭލްސްއާ ދެކޮޅަށް ކުޅެން އެކުލަވާލި އިނގިރޭސި ގައުމީ ޓީމުން ބެލިންހަމަށް ޖާގަ ނުދިނުމުން ނޫސްވެރިން އެކަމާ ސުވާލުކުރުމުންނެވެ. ކުރިން ޗެލްސީ އާއި، ބަޔާން މިއުނިކާއި، ޕީއެސްޖީއަށްވެސް ކޯޗުކޮށްޗިން ޓުޗެލް ގާތު ނޫސްވެރިން އެހި ބެލިންހަމަކީ އިނގިރޭސިވިލާތުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. ވީއިރު އޭނާ ނުލައި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭނެ ނޫންތޯ އެވެ؟ “ކޮބާ ތިކަމުގެ ހެއްކަކީ؟ އެއްވެސް ހެއްކެއް އެބައޮތްތަ؟ އަހަރެން ބުނާނީ އާނއެކޭ ކާމިޔާބު ކުރެވިދާނެއޭ،” ޓުޗެލް ބުންޏެވެ.
އޭނާ މިހެން ބުނުމުން ގައުމުގެ އެންމެ މޮޅު ކުޅުންތެރިން ނުލައި ވޯލްޑް ކާމިޔާބު ކުރެވިދާނެ ކަމަށް ދެކެންތޯ ތަކުރާރުކޮށް އެހުމުން ވެސް ކޯޗު ބުނީ އާނއެކޭ ކަމަށެވެ. “އަހަރެން މި ފަހަރުގެ ޓީމު ނެގީ ސްލޮވާކިޔާ މެޗުގައި އަހަރުމެން ދެއްކި ކުޅުމާއި ނަތީޖާ އަށް ބަލައިގެން. އެ މެޗުން 5-0 އިން މޮޅުވިއިރު އެއީ އަހަރެންގެ ކޯޗުކަމުގައި މިހާތަނަށް ދިޔަ އެންމެ ރަނގަޅު ކޭމްޕް (ތައްޔާރުވުމާއި ނަތީޖާ ރަނގަޅުކަން ފާހަގަ ކުރުން). މިހެންވެ އަހަރެން ބޭނުންވީ އެ ޓީމު ބަދަލު ކުރަން. މޮޅުވެފައި އޮންނަ ޓީމެއް ބަދަލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން،” ކޯޗު ބުންޏެވެ. ސްލޮވާކިއާ މެޗުގައި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ޖާގަ ނުލިބުނީ އާސެނަލްގެ ބުކަޔޯ ސަކާއަށް އެކަންޏެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ޓުޗެލް ބުނީ އަނިޔާގެ ސަބަބުން ސްލޮވާކިއާ މެޗަށް ނެގި އިނގިރޭސި ޓީމުގައި ނުހިމެނު ބެލިންހަމް ފަރުވާއަށްފަހު އަލުން ރެއާލް މެޑްރިޑުގައި ކުޅެން ފެށި ނަމަވެސް މިފަހަރުގެ ސްކޮޑަށް ކުޅުންތެރިޔާ ނުނެގީ އެކަމާ މަޝްވަރާ ކޮށްފައި ކަމަށެވެ. “އަހަރުމެން ވާހަކަ ދެއްކިން. އޭނާ އަށް އެނގޭނެ މި ފަހަރު އޭނާ ނުނެގި ސަބަބު. އޭނާ ފަދަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ލިބޭނެ ކުރިއެރުމެއް. އަދި އެފަދަ ކުޅުންތެރިންނަށް ހާއްސަ ގޮތްތަކެއް ވެސް ޓީމުގައި އޮންނާނެ. އެކަމަކު އަހަރެންދޭ ޔަގީން ކަމަކީ އަހަރެންގެ ޓީމުން އެއްވެސް ކުޅުންތެރިއެއްގެ މޫނަށް ނުވަތަ ނަމަށް ބަލާފައި ޖާގަ ނުލިބޭނެކަން. އަހަރެންގެ ޓީމުގައި ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވުމެއް ނޯންނާނެ،” ޓުޗެލް ބުންޏެވެ.

އިނގިރޭސި ބައެއް ނޫސްތަކުން ބުނަނީ ބެލިންހަމަށް ގައުމީ ޓީމުން ޖާގަ ނުދިނީ އެކަމަށް ރެއާލް މެޑްރިޑުންވެސް ބާރު އެޅުމުން ކަމަށެވެ. ސަބަބަކީ ކުޅުންތެރިޔާ ފަރުވާ އަށް ފަހު އަލުން ކުޅެން ނުކުތް ގާތުގައި އިތުރު އަނިޔާ އަށް ވެއްޖެނަމަ ސީޒަނުގެ ފަހު ބައިގައި ކުލަބަށް އޭގެ ގެއްލުން ފޯރަފާނެތީ ކަމަށެވެ. ނަމަވެސް އިނގިރޭސި ބައެއް މީޑިއާތަކުން ބުނަނީ ބެލިންހަމް ގައުމީ ޓީމަށް ނުނެގީ އާއިލީ މައްސަލަތަކެއްގައި ގޭތެރޭގެ މަސްލަހަތު ގޯސްވުމުން އޭގެ އަސަރު ކުޅުންތެރިޔާ އަށް ފޯރާފައިވާތީ ކަމަށެވެ. މި ގޮތުން އިނގިރޭސި ނޫސްތަކުން ސިފަކުރަނީ ޖަރުމަނުގެ ބޮރޫޝިޔއާ ޑޯޓްމުންޑުގައި ބެލިންހަމުގެ ކޮއްކޮ ޖޯބް ބެލިންހަމް ކުޅުނު މެޗު ބަލަން މަންމަ އާއި ބައްޕަ ދަނޑުގައި ތިބީ ވަކިވަކިން ކަމަށެވެ. އަދި ޖޫޑް ބެލިންހަމް މިވަގުތު ބޭނުންވަނީ މަންމައަށް އެހީތެރިވުމަށް ގާތުގައި ހުންނަން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކުޅުންތެރިޔާ އާއި އާއިލާގެ ފަރާތުން ވެސް ވާހަކައެއް ނުދައްކަ އެވެ.
ބެލިންހަމް އަކީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔާ އެވެ. ބެލިންހަމްގެ އިތުރުން މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާއި އެވަޓަންގެ ޖެކް ގްރީލިޝް ވެސް ޓީމުގައި ނުހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
