
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ ދައްކާލައިފިއެވެ. އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގެ ރަސްމީ ބޯޅަ ދައްކާލީ އެމެރިކާގެ ނިއު ޔޯކުގައެވެ. ތިން ގައުމެއްގައި މުބާރާތް ބޭއްވި ނަމަވެސް މުބާރާތުގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ދަނީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގައެވެ. މި ފަހަރުގެ ބޯޅަ ތައްޔާރުކޮށްފައިވަނީ ހަތަރު ފިތް ހިމެނޭ ގޮތަށެވެ. މި ހުރިހާ ފިތްތައް ގުޅުވާލާއިރު ބޯޅައިގެ މެދަށް ޓްރައިއެންގަލެއްގެ ސިފަ ގެނެސްދެ އެވެ. ބޯޅައިގައިވާ ތިން ކުލަ އަކީ މެކްސިކޯގެ ފެހި ކުލަ އާއި ކެނެޑާގެ ރަތް ކުލަ އާއި އެމެރިކާގެ ނޫކުލަ އެވެ. މެކްސިކޯ ދިދާގައިވާ ފެހިކަމާއި ކެނެޑާގެ ދިދައިގައިވާ ފަތާއި އެމެރިކާގެ ދިދާގައި ހުންނަ ތަރިތައްވެސް ބޯޅައިގައި އެ ގައުމަކަށް ހާއްސަކޮށްފައިވާ ބައިގައި ހިމަނާފައިވެ އެވެ.
މި ބޯޅައަށް “ޓްރައިއޮންޑާ” ކިޔާފައިވަނީ ތިން ގައުމެއްގައި މުބާރާތް ބާއްވާތީ އެވެ. އިނގިރޭސި ބަހުން ޓްރައިގެ މާނައަކީ ތިނެކެވެ. ސްޕޭން ބަހުން އޮންޑާގެ މާނައަކީ ރާޅެވެ. ބޯޅަ ތައްޔާރުކޮށްފައިވަނީ ވާރެ އާއި އަވީގައި ބޯޅައިގެ އަސްލަށް ބަދަލު ނާންނަގޮތަށް ގެންގުޅެން ފަސޭހަ ގޮތަކަށެވެ. އަދި ބޯޅައިގެ އެތެރޭގައި ރެފްރީންނަށް ސިގްނަލް ފޯރުކޮށްދިނުމަށާއި މައުލޫމާތު އެއްކުރުމަށް ހާއްސަ ޗިޕެއް ލައްވާނެ އެވެ. މި ބޯޅަ ތައްޔާރުކޮށްދީފައިވަނީ މަޝްހޫރު އެޑިޑާސް ކުންފުނިންނެވެ. އެއީ 1970 ވަނަ އަހަރުން ފެށިގެން ވޯލްޑް ކކަޕުގެ ބޯޅަ ތައްޔާރުކޮށްދޭ ކުންފުންޏެވެ. އެމެރިކާގައި ބާއްވާ މުބާރާތަކީ ތާރީހީ މުބާރާތެކެވެ. މިއީ ތިން ގައުމެއް ކުޅިގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ 48 ގައުމު ބައިވެރިކޮށްގެން މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
