
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
އަލަށް ގާއިމުކުރެވޭ ސްކޭޓް އެރީނާއާއެކު ކާމިޔާބީގެ އެތައް ދޮރުތަކެއް ރާއްޖޭގެ ސްކޭޓަރުންނަށް ހުޅުވިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވެފަވަނީ މާލޭ އުސްފަސްގަނޑުގައި އަލަށް ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހީ ދުވަހެއް ކަމަށާއި، ބިންގާ އެޅި ސްކޭޓް އެރީނާއާއިއެކު މިކުޅިވަރުން އިތުރު ކާމިޔާބީތައް ޤައުމަށް ހޯދާދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ވަޒީރު ވިދާޅުވީ މިމަޝްރޫޢަކީ އެތައް ބައެއްގެ ދިގު އިންތިޒާރަށް ނިމުން ގެނުވާނެ މަޝްރޫޢެއްކަމަށާއި މިއީ ސްކޭޓަރުންގެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ތަނެއްކަމަށެވެ.
“މިއަދު އަޅުގަނޑުމެންނަށް ވެގެން މިދަނީ ވަރަށް ތާރީޚީކަމެއް. ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ރޯލާ ސްކޭޓް މިކުޅިވަރު ޕްރޮމޯޓްކުރުމަށްޓަކައި ވަރަށް ގިނަދުވަސް ވަންދެން ވަރަށް ގިނަ ބައެއްގެ ހުވަފެން ހަގީގަތަކަށްވެގެންދާ ދުވަސް. މިކަން ހަމަ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނާއި ހަމައަށް މިއަދު އައީތީވެ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދުކުރާ ހާލު، ދަންނަވަން ބޭނުންވަނީ ސްޕޯޓްސް ކޮމިއުނީޓީގެ ފަރާތުން، މިކަން ކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމޭ” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސްކޭޓިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު ގިނަ އަދަދެއްގެ ހުނަރުވެރި ކުދިން މިކުޅިވަރުގައި މިހާރުވެސް ވިދަމުން އަންނަކަމަށެވެ. އަދި މިއީ މިހާރުވެސް ރާއްޖެއަށް ރީތިނަން ހޯދައިދެމުން އަންނަ ކުޅިވަރަކަށްވާއިރު، އަލަށް ޤާއިމުކުރެވޭ އެރީނާއާއިއެކު އިތުރު ފޮނި ކާމިޔާބީތަކަކަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ.
“އާދެ މިއީ އަޅުގަނޑުމެންނަށް ވަރަށް ޕޮޓެންޝަލް ހުރި ކުޅިވަރެއް. ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ އަދި މިހާރުވެސް އަޅުގަނޑުމެންގެ އެތުލީޓުން އެކި މުބާރާތްތަކުގައި، ރީޖަނަލް މުބާރާތްތަކުގައި ދަނީ އެކިއެކި ވަނަތައް ހޯދަމުން. މިއަށްވުރެ ފޮނި ކާމިޔާބީއެއް އަޅުގަނޑުމެންނަށް ލިބެން އޮތީ އަޅުގަނޑުމެންނަށް މިކަހަލަ ވަސީލަތެއް ގާއިމުކުރެވުމުން” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ މަސައްކަތަކީ އާރްސީސީއިން ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެރީނާ ފަރުމާކުރެވިފަވަނީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށެވެ. މިމަޝްރޫޢުގެ މަސައްކަތް އަންނަމަހުގެ ނިޔަލަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. “ﷲ އިރާދަކުރެއްވިއްޔާ މިތަން، ރޯލަރސްކޭޓްގެ ރިންގެއް، ސްޕީޑް ސްކޭޓިންގ ކުރެވޭގޮތަށް އަދި މިއާއި ޖެހިގެން ސްކޭޓް ބޯޑްވެސް އަޅުގަނޑުމެންނަށް އެކުޅިވަރުވެސް ކުޅޭވޭގޮތަށް ސްކޭޓް ޕާކަކާއި އެކީގައި ފަރުމާކުރެވިގެންދާނެ. އިރާދަކުރެއްވިއްޔާ އަންނަމަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް މިކަން ހާސިލްކުރެވޭނެ” ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތްކޮށްދެއްވާ އާރްސީސީއަށް ކުޅިވަރު ވުޒާރާ އަދި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއްދަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސްކޭޓަރުންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނައިރު މިއަހަރަކީ މިކުޅިވަރުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކޮށް ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ލިބުނު އަހަރެވެ. މި މެޑަލް ރާއްޖެއަށް ހޯދައިދީފައިވަނީ އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ސްކޭޓް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަޙްމަދު ރާހިފް ޝަފީއުއެވެ. އޭގެ އިތުރުން މިމުބާރާތުގައި ބައިވެރިވި އާރާ އަބްދުﷲ ރިފްއަތު ވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ. އަދި 8 ލޯ މެޑަލްވެސް މިމުބާރާތުން ރާއްޖޭގެ އެތުލީޓުން ވަނީ ހޯދާފައިވެއެވެ.
މިވަގުތު ސްކޭޓަރުން ފަރިތަކުރަމުން އަންނަނީ މަލޭ ސްވިމިން ޓްރެކާއި ޖެހިގެން އޮންނަ ސަރަހައްދާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ. މިކުޅިވަރަށް ޚާއްސަ ބިމެއް ނެތުމަކީ މިހާތަނަށް ސްކޭޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
