
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިދިޔަ ދައުރުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އޮތީ ކޮރަޕްޝަންގެ ބޮޑު ހާއްޔެއްގެ ތެރޭގައި ކަން ހާމަވަނީ ފާއިތުވި 5 އަހަރު އެ ކުންފުނިތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓްތަކުންނެވެ. އޭގެތެރެއިން އެއް ކުންފުންޏަކީ ރައްޔިތުންނަށް ބޭޏުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނެވެ.
ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 379 ޕަސެންޓް އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯތުން ފެންނަން އެބައޮތެވެ. އެކުންފުނީގެ ދަރަނި އިތުރުވެގެން ގޮސްފައި ވަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރާ ފައިސާ އިން ކުންފުނި ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދިގެންނެއްް ނޫނެވެ. އެއީ އެކުންފުނީގެ މެނޭޖްމަންޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން ރޭވުންތެރިކަމާ ޒިންމާދާރު ކަމެއް ނެތި، ކުންފުނީގެ މާލީ ހާލަތާއި ލިބޭ އާމްދަނީއާ ނުބައްދަލު، އެ ވަގުތަށް މުހިއްމު ނޫން ބޮޑެތި ހަރަދުތައް އެއްފަހަރާ ކުރުމުގެ ސަބަބުންނާއި ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ ކަންކަމުގައި ހިންގި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއްގެ ސީދާ ނަތީޖާ ކަމުގައި އޮޑީޓް ރިޕޯޓުގައި ފާހަގަކޯށްފައިވެވެ.
ނިމުނު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖްމަންޓަށް ތުހުމަތުކުރެވޭ އެތައް ވާހަކަތަކެއް ރައްޔިތުންނާއި މުއައްސަސާތަކުން ދިޔައީ ދައްކަމުންނެވެ. ނަމަވެސް އެ އަޑުތަކަށް އޭރުގެ ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ނަތީޖާއަކަށްވީ އެ ކުންފުނި ކޮރަޕްޝަންގެ ހާއްޔަކަށް ވުމެވެ. 5 އަހަރު ދުވަހުގެ ފެނަކައިގެ ޚިޔާނާތް ބިލިޔަނުން ގުނާލެވެއެވެ.
އޮޑިޓް ރިޕޯޓުން ދެއްކި ގޮތުގައި ރައީސް ޞާލިޙުގެ ސަރުކާރުގައި ފެނަކައިން ވަނީ 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައެވެ. މި ނިމުނު ހަފުތާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއްވެސް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. ނަމަވެސް އެއީ އެންމެ މައްސަލައެއްގައި ކުށްސާބިތުވެ އޭނާއަށް ކުރެވުނު ހުކުމެކެވެ.

(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަަކީ މިހާރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކެކެވެ. އެގޮތުން ފެނަކައާ ގުޅުންހުރި 161 ޚިޔާނާތުގެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި 2022ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ކޮރަޕްޝަންގެ ހުތުރު އަމަލުތައް ހިންގާފައި އޮތީ ފެނަކައިގައި އެކަންޏެއް ނޫނެވެ. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގައިވެސް ހަމަ އެހާލަތެވެ. އެގޮތުން، ކުންފުނިތަކުން ހެދި އިންޓަރނަލް އޮޑިޓްތަކުގައި މިހާރު ވަނީ މިފަދަ އެތައް މައްސަލަތަކެއް ހާމަވެފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ރިޕޯޓު ދައްކާގޮތުގައި 2019ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ހިދުމަތުން، 200 މިލިޔަނެއްހާ ރުފިޔާއަށް ވަނީ ޚިޔާނާތެތެރިވެފައެވެ. މީގެ ތެރޭގައި ކުންފުނީގެ މުދަލުން ވައްކަން ކުރުމާއި ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ކުންފުންޏަށް ގެއްލުންވާގޮތަށް ބިންތައް ކުއްޔަށް ދިނުމުގެ މައްސަލަތައް ހިމެނެއެވެ.

ރާއްޖޭގެ ތަރައްޤީގެ މުހިންމު އަދި ގިނަމަޝްރޫޢުތައް ހިންގާ އެމްޓީސީސީވެސް އޮތީ ކޮރަޕްޝަނުން ފުރިފައެވެ. އެ މައްސަލަތައް ތަހުގީގްކުރުމަށް މިހާރު ވަނީ އިދާރާތަކަށް ފޮނުވާފައެވެ. އެތައް މަޝްރޫޢުތަކާއި، ކުންފުނީގެ ހަރު މުދަލުންނާޖާއިޒް ފައިދާ ނަގާފައިވާކަން އިންޓަރނަލް އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތެވެ.
އޭގެތެރޭގައި އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލައާއި އެ ކުންފުނީގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފު މަރާމާތު ކުރުމުގައި ޚިޔާނާތެރިވުންފަދަ މައްސަލަތައް ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވެމްކޯ)
މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންތައްތައްކޮށްފައިވާ ކަމަށް ވެމްކޯއިން ހެދި އިންޓަަރނަލް އޮޑިޓުގައިވެސް ވަނީ ފާހަގަކުރެވިފައެވެ. އެ އޮޑިޓް ރިޕޯޓުގައިވެސް ކުރީގެ މެނޭޖްމަންޓުތަކުން ޚިޔާނާތުގެ މައްސަލަތައް ފާހަގަކުރެވޭތީ މައްސަލަތައް ތަހުގީގުކުރުމަށް އެ ކުންފުނިން ވަނީ ތަހުގީގީ އިދާރާތަކަށް ހުށަހަޅާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚިޔާނާތުގެ އަމަލުތަކުގެ ސަބަބުން ގެއްލުން އޮތީ ކުންފުންޏަށް އެކަންޏެއް ނޫނެވެ. ހުރިހާވެސް ގެއްލުމެއް އޮތީ ޤައުމާއި ރައްޔިތުންނަށެވެ. ޚިޔާނާތްތެރިވެވެނީ ރައްޔިތުންގެ ފައިސާއަށެވެ. އެހެންކަމުން، އެ ފައިސާ ހޯދައި އޭގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވެންވާނެއެވެ.
މި މައްސަލަތައް ފެންމަތިވެ، ތަހުގީގުތައް ފަށާފައިވާއިރު މިކަމުގެ ޒިންމާވާނެ އެކަކުވެސްނެތެވެ.. އެފަދަ ކަމެއް ހިނގިކަމެއް އެނގޭ ބަޔަކުވެސް ނެތެވެ. ނަމަވެސް ކުރީ ސަރުކާރުގައި ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް އޭރު އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ވަނީ ރައީސް ޞާލިހުގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅުގެ މެންބަރުން އެމްޑީޕީ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ސަމާލުކަމަށްވެސް އެ މައްސަލަތައް ގެނައެވެ. ނަމަވެސް އެކަންކަމާ ގުޅިގެން ފިޔަވަޅު ނޭޅުނުތާ، މައްސަލަ ބަލާފައިވެސް އޭރުގެ ސަރުކާރުން ނުވެއެވެ. ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އޭސީސީގެ ރައީސަށެވެ.
ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުން އެކަމުގައި ޒިންމާވާންޖެހޭނީ އެކަމެއް ހިނގިއިރު އެ ކުންފުންޏެއްގެ ހިންގުމާ ހަވާލުވެތިބި ބަޔެކެވެ. އަދި އެފަދަ ތުހުމަތުތައް ކުރެވޭއިރު މައްސަލަތައް ނުބަލައި، ފިޔަވަޅު ނާޅާނަމަ އެކަމުގައި އެއިރެއްގެ ސަރުކާރުގެ އިސް ބޭފުޅުންވެސް ޒިންމާނަގަންޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ހަސަން، ކުޅުދުއްފުށި) ހދ. ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ...
