
ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި މިރޭ ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށްފަހު ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.
އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު މިހާރު ނުދީ އޮތީ ކިހާ އަދަދެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ފުން އަނދަވަޅެއްގައި އޮތް އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ…
— Dr Mohamed Muizzu (@MMuizzu) October 2, 2025
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހި ކުންފުނިތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ދޫކުރެވޭނެ ގޮތްތަކެއް ހޯދައި އެކަމަށް ތައްޔާރުވާން މީގެ ކުޑަދުވަސްކޮޅެއް ކުރިން ރައީސް އެދިވަޑައިގަތް ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
“އެހެންވެ އެކަމަށް އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް މަގުތަކެއް މިހާރު ވަނީ ފަހިކޮށްފައި. އިރާދަކުރެއްވިއްޔާ ރައީސް ވިދާޅުވި ގޮތަށް އެ ފައިސާ ދޫކުރަމުން ދާނެ.” ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް ނުދައްކާ ހުރި ފައިސާ ހިމެނެ އެވެ.
މިއަހަރުގެ ކުރީކޮޅު ގއ. އާއި ގދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ހަލާސްކުރާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ 51 ހަފްތާ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
