
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ. އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވާ އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ދަންނަވާކަމަށެވެ. އަދި އެދެނީ ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުންކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ތަކުރާރުކުރަން.
އަޅުގަނޑު އެދެނީ ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ… pic.twitter.com/0haHvAGYPD
— First Lady Sajidha Mohamed (@sajidhaamohamed) October 3, 2025
ރާއްޖޭގައި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖޭގެ އިޤްތިޞާދީ މައި ސިނާޢަތް، ފަތުވެރިކަން މިހާހިސާބަށް ގެނައުމުގައި ދިވެހިން ކޮށްފަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަށެވެ. މި ދުވަސް ރާއްޖޭގަ ފާހަގަކުރަން ފެށީ 2021ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
