
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ އެއާލައިން މޯލްޑިވިއަންގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްގެން ފައިސާ ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ. ކެމްޕެއިން ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައިި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ ފައިސާ އަދިވެސް ދައްކާފައެއް ނުވެ އެވެ.
އެހެންވެ، އައިލެންޑް އޭވިއޭޝަން ކުންފުނިން އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދިން ފައިސާގެ ތެރެއިން އެ ފައިސާ އުނިކުރުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމަށެވެ. އެގޮތަށް އެދުނުއިރު 10،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެމްޑީޕީއަށް 8.45 މިލިއަން ރުފިޔާ ޖަމާކުރަން ފޮނުވާފައިވާ ކަމަށް މިދިޔަ މަހުގެ ކުރީކޮޅު އީސީން ބުނެފައިވެ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ މިއަދު ހަވީރު އެ ޕާޓީއަށް ނޯޓިސް ފޮނުވާފައި ކަމަށްވެ އެވެ.
އެ މައްސަލާގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް “މިހާރު” އަށް ވިދާޅުވީ އެ މައްސަލަ ކޯޓުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އަދި ކޯޓުން ހުކުމާ އެއްގޮތަށް ވެސް ޕާޓީން ފައިސާ ދައްކާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ވަރަށް ދުވަސްވެއްޖެ މިކޮޅަށް ލިބެން ހުރި ފައިސާގެ މައްސަލަ ކޯޓުގައި އޮންނަތާ. ކޯޓުން މިއޮތީ އެ ފައިސާ ދައްކަންޖެހޭ ކަމަށް ހުކުމްކޮށްފައި. 30 ދުވަސްވީއިރު ވެސް ފައިސާ ނުދެއްކީމަ ތަންފީޒީ ފިޔަވަޅެއް އެއީ. އިތުރު ކަމެއް އައިސްގެން އުޅެނީއެއް ނޫން،” އޭނާ ވިދާޅުވި އެވެ.
މިރޭ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ވެސް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި އެކަން ހިނގުމަކީ ހަމަ އިއްތިފާގެއް ކަމަށް ވިދާޅުވެ، އިޔާސް ވިދާޅުވީ އެއީ ސީދާ އެ ޕާޓީއަށް ދަތިކުރަން ކުރާ ކަމެއް ނޫން ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މިއަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ނިންމީ އެ އެއްބަސްވުން އުވާލައި، އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރިން ކުރި ހުކުމްގައި ބުނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް، އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ މިދިޔަ ޖުލައި 29 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އެ ފައިސާ ދައްކާފައިނުވާތީ އެ މައްސަލަ ކޯޓަށް ހުކުމް ތަންފީޒު މައްސަލައެއް މިހާރު ވަނީ ހުށަހަޅަައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
