
އެމްޑީޕީގެ ވެރިކަމުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅަމުންދާ ކަމަށް ބުންޏެވެެ.
އެކަމަކު އެކަމުގައި ބައިވެރިވަނީ ކޮން ބައެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެތަނުގެ އިޖުރާއަތްތަކާއި އުސޫލުން ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވެ، އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ. އެޗްޑީސީން ކޮރަޕްޝަނުގެ މައްސަލަތަކެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއިރު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އާއި ވެމްކޯ ފަދަ ކުންފުނިތަކުގައި ހިންގި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އޮޑިޓްތަކުން ހާމަވެ، އެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
