
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަދު ބަޔަކު ރާވައިގެން ހިންގުމަށް މަސައްކަތްކުރާ މުޒާހަރާއަކީ ޤައުމު، އިތުރު ވަޅުގަނޑަކަށް ވައްޓާލުމަށް ކުރާ މުޒާހަރާއެއްކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް ވަނީ މުޒާހަރާގައި ބައިވެރި ނުވުމަށް ގޮވާލައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއްކަމަށާއި އެއީ ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫންކަމަށެވެ. އަދި މިއީ ޤައުމު މިހާރު ރަނގަޅު މިސްރާބަކަށް ދާތީ، އެކަން އެގޮތަށް ވިއަނުދިނުމަށް ބާއްވާ އެއްވުމެއްގެގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ ސަރުކާރަށް މިހާރު ކުރަންޖެހިފަވާ މަސައްކަތްތަކަކީ، މީގެ ތިންހަތަރު ސަރުކާރުން ނަގާފަވާ ބޮޑެތި ދަރަނިތަކުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތްތަކެއްކަމަށާއި، އެއީ ޤައުމު އޮތް އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށެވެ. ނަމަވެސް މި ޙާލަތުގައިވެސް، ރައްޔިތުންނަށް އޭގެ ލޮޅުމެއް ނާންނާނެގޮތަށް އަދި ޤައުމު ބަނގުރޫޓުވިޔަ ނުދީ އެކަން ކުރަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ.
ޤާސިމް ވިދާޅުވީ ވޭތުވެދިޔަ 4 ސަރުކާރުގައިވެސް، ސަރުކާރުގެ ކުންފުނިތަކުގެތެރެއިން ބޮޑެތި ޚިޔާނާތްތައްވެފަވާކަން ފެންނަން އެބައޮތްކަމަށާއި، އެ ސަރުކާރުތަކުން އެކަމަށް އެޅި ފިޔަވަޅެއްވެސް ނެތްކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ތަފާތަކީ، އެފަދަ މީހުން ވަކިކުރުމާއި އެ މައްސަލަތަކަށް ފާރަވެރިވެ ބަލައި ތަޙުޤީގުކުރުންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފާޅުކަންބޮޑުގޮތެއްގައި މިފަދަ ކަންކަމަށް ދެކޮޅަށް ހުދު ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގަންނަވާކަން ޤާސިމްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
Lobuvethi dhivehi Rahyithun nah Vedhun Salaam ah fahu adhabu verikamaa aadhey haaleku dhan navan .
Miadhu bayaku raavaigen baahvaa muzaaharaagai jp ge ehves meehaku baiveri nuvumah Edhen . E ee binaakuranivi muzaaharaa eh noon e ee fanaa kuranivi muzaaharaa eh . E ee…
— Qasim Ibrahim (@qasimibrahim) October 3, 2025
އެހެންކަމުން ބަޔަކު ނިކުމެ ހިންގުމަށް މަސައްކަތްކުރާ މުޒާހަރާގެ ނަތީޖާއަކަށްވާނީ، ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލައި، ރައްޔިތުން ދަރަނިވެރިކޮށް، އިނދަޖައްސާލުންކަމަށް ޤާސިމް ސިފަކުރެއްވިއެވެ.
ޤާސިމް ވަނީ ޤައުމުގެ އަމަންއަމާންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށާއި މުޒާހަރާގައި ބައިވެރިނުވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިއީ ޤައުމު އިނދަޖައްސާލަން ކުރާ މަސައްކަތެއްކަމަށާއި އެއީ އެއްވެސް މީހަކަށް އަދި ބަޔަކަށްވެސް ލިބޭ ބާރެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިއީ ދީނީ، ޤާނޫނީ ހަމަތަކުގައިވެސް އޮތް ކަމެއް ނޫންކަމަށް ޤާސިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
