
(ފޮޓޯ ކްރެޑިޓްސް: މަޓީ)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑުކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ. އަފީފް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މަޓީން ބޭއްވި ގާލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މަޓީ)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑުކަމަށް އަފީފް ވިދާޅުވިއެވެ. ނަމަވެސް، މި ކުރިއެރުމަށް ތައްޔާރުވުމުގެ ގޮތުން އަސާސީ ވަސީލަތްތައް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި، ވަސީލަތްތައް ޤާއިމުނުކޮށް، ލަފާކުރެވޭ އަދަދަށް ފަތުރުވެރިން އަންނަން ފަށައިފިނަމަ، ފަތުރުވެރިކަމުގެ ފުރަތަމަ ދުވަސްވަރު ދިމާވި ދަތުރުފަތުރުގެ ދަތިތައް އަލުން ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. އެހެންކަމުން މުސްތަޤުބަލަށް ރޭވުންތެރިކަމާއެކު ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަފީފް ވިދާޅުވިއެވެ.
“މިއަދުވެސް ފަތުރުވެރިން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އަޅުގަނޑުމެން އެންމެ ބޮޑަށް ބަރޯސާވަނީ ވައިގެ ދަތުރުފަތުރަށް. މާދަމާ ސީޕްލޭންއަށް މައްސަލައެއް ދިމާވެގެން އެ އޮޕަރޭޓްނުކުރެވިއްޖެނަމަ ކިހިނެއްތޯ ވާނީ؟ އަޅުގަނޑުމެންގެ އެއްވެސް ބެކަޕް ޕްލޭނެއް ހަގީގަތުގައި ނެތް. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ޒުވާން ދިވެހިން އަޅުގަނޑުމެންނާއެކު ބައިވެރިވެ، އައު އީޖާދީ ޚިޔާލުތައް ހުށަހަޅައި، އައު ވިޔަފާރިތައް ފަށައިގަތުން އެއީ އަސްލު ހަގީގަތުގައި ވަރަށް ރަނގަޅު ކަމެއް.” މަޓިގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވިއެވެ.
އަފީފްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުގެ އިތުރުން ސަރުކާރުންވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: މަޓީ)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ އަހަރުތަކެއް ވަންދެން ސަރުކާރުން ގެންގުޅެފައިވާ އެއްބާރުލުން ދިނުމުގެ ސިޔާސަތުކަމަށެވެ.
“ސަރުކާރުން އަބަދުވެސް އިސްކަންދީފައިވަނީ ސިނާޢަތުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތަކުގެ ބަސް އަޑުއަހައި، އެފަރާތްތަކާ އެކު ގުޅިގެން މަސައްކަތް ކުރުމަށް. މިއީ މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ގޮތް. އެހެންކަމުން މި ސިނާޢަތުގެ ބައިވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ފަތުރުވެރިކަމުގެ ވާހަކައިގެ ދެން އޮތް ޗެޕްޓަރ ލިޔުމަށް، އަޅުގަނޑުމެން ސަރުކާރުން ސިނާޢަތުގެ ބައިވެރިންނާއި ގުޅިގެން އަބަދުވެސް މަސައްކަތްކުރާނަން.” ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ އެތައް ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ލިބިފައިވާ ނަން ދެމެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މަޓީ)
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ކުރުނބާ މޯލްޑިވްސްގައި ގާލާއެއް ބާއްވާފައެވެ. މި ގާލާގައި މަޓީގެ މެންބަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
