
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ވީއޭއެމް ހިންގުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ބޮޑުކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމަކަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ކުޅިވަރު ވުޒާރާގައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ލަތީފް ވިދާޅުވީ އެބައްދަލުވުމަކީ ވީއޭއެމްގެ އައު އެކްސްކޯގެ ފަރާތުން ކުޅިވަރު ވަޒީރަށް ކުރެއްވި އިހުތިރާމުގެ ޒިޔާރެއްކަމަށެވެ. އަދި ވީއޭއެމް ކާމިޔާބުކަމާއި އެކު ހިންގުމުގައި ކުޅިވަރު ވުޒާރާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ލަތީފް ފާހަގަކުރައްވާފަވެއެވެ.
“މިއީ އައު އެކްސްކޯގެ ފަރާތުން ވަޒީރުގެ އަރިހަށް ކުރި އިހްތިރާމުގެ ޒިޔާރަތެއް. ވަޒީރު ގެންދަވަނީ ވީއޭއެމްގެ އެންމެހާ ކަންކަމެއްގައި އެއްބާރުލުން ވަރަށް ބޮޑަށް ދެއްވަމުން” ލަތީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކުޅިވަރު ވަޒީރާއި ވީއޭއެމްގެ އިސްވެރިންނާއި ދެމެދު ކުރިއަށްދިޔަ މިބައްދަވުމުގައި ދެފަރާތުން ވަނީ ވޮލީ އާއި ގުޅުންހުރި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން އެއެސޯސިއޭޝަނުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކާއި އަންނަ އަހަރަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގެ މައުލޫމާތު އެއެސޯސިއޭޝަނުން ވަނީ ވަޒީރަށް ދެއްވާފައެވެ. އޭގެ އިތުރުން އެވުޒާރާގެ ފަރާތުން ވީއޭއެމްއަށް ދެއްވަމުންދާ ފުރިހަމަ އެއްބާލުލެއްވުމަށް އެއެސޯސިއޭޝަނުގެ ފަރާތުން ވަޒީރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ވީއޭއެމްއިން ވަނީ މިކުޅިވަރުގައި ދިމާވާ ދަތިތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. މިގޮތުން ޓީމުތަކަށް ފަރިތަކުރުން ބާއްވާނެ އެކަށީގެންވާ ކޯޓުތަކެއް ނެތުމުގެ ކަންބޮޑުވުން އެއެސޯސިއޭޝަނުން ފާޅުކުރެއްވިއްއެވެ. އަދި ވީއޭއެމްގެ ކަންބޮޑުވުމާއި އެއްގޮތަށް މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީން ވަޒީރު އެއެސޯސިއޭޝަނަށް ދެއްވާފަވެއެވެ.
“ޕްރެކްޓިސްކުރާނެ ތަންތަން ނެތުމުގެ ކަންބޮޑުވުން އަޅުގަނޑުމެން ފާޅުކޮށްފަވާނެ. އަދި އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމަށް ވަޒީރުވަނީ ވިދާޅުވެފަ. މައިގަނޑުގޮތެއްގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ އިންފްރާސްޓްރަކްޗަރގެ މައްސަލަތައް. އެހެންނަމަވެސް މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފަ. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިގެން” ލަތީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ލަތީފް ވިދާޅުވީ ވީއޭއެމްގެ ކޮންމެ ކަމެއްގައި ކުޅިވަރު ވުޒާރާއިން އަންނަނީ ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންކަމަށެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔައީ ވަޒީރުގެ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
“އެސޯސިއޭޝަނުގެ ކަންކަން ވަޒީރު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން. މިއަހަރު ރާއްޖެއަށް އިންޓަނޭޝަނަލް ތިން މެޑަލެއް ލިބިފަވޭ. މިކާމިޔާބީގެ ފަހަތުގައި ކުޅިވަރު ވަޒީރުގެ ބޮޑު އެއްބާރުލެއްވުމެއް އެބައޮތް. އެހެންކަމުން އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މި ފުރުސަތު އަދިވެސް އެއްފަހަރު ވަޒީރަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ” ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރަކީ ވޮލީގައި ކާމިޔާބު އަހަރުތަކެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ތިން މުބާރާތަކުން ރާއްޖެއަށް ރަންވަނަތަކެއް ލިބިފަވާއިރު، ކާވާ މެންސް ޗެމްޕިއަން ލީގު މިއަހަރުގެ ޖުލައިމަހު ރާއްޖޭގައި ކުރިއަށް ދިއުން ފާހަގަކޮށްލެވެއެވެ. އަދި ކާވާ ވިމެންސް ޗެމްޕިއަން ލީގު މިއަހަރުގެ ޑިސެމްބަރުމަހު ރާއްޖޭގައި ބާއްވާގޮތަށް މިހާރުވަނީ ތާވަލުކުރެވިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
