
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުކުރަމުންދާ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ޔަހޫދީ ދައުލަތުގެ މި ޢަމަލު ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރެއްވީ، މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދަތުރުކުރަމުންދިޔައީ އިންސާނީ އެހީގެ ސަމާނު ޣައްޒާއަށް ހިފައިގެން ކަމަށެވެ. އެ ބޯޓުތަކުގައި ތިބީ ހަތިޔާރު ނެތް، އާންމުން ކަމަށާއި އެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ބިރުދެއްކުން ބަލައިނުގަނަވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހާލުގައި ޖެހި އަސާސީ ހައްޤުތަކުން މަޙްރޫމް ވެފައި ތިބި ބަޔަކަށް، އިންސާނީ އެހީ ހިފައިގެންދާ ގާފިލާއަކާއި ދިމާކޮއްލުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއިވެސް ޚިލާފްކަމެއްކަމަށެވެ.
ތަކުރާރުކޮށް ކުރަމުންދާ މިފަދަ ޢަމަލުތަކުން ޔަހޫދީ ދައުލަތުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަރާތް ވަމުން ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އަޅާލުމާއި ކުލުނު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްވަނީ ޔަހޫދީ ދައުލަތުން ތަކުރާރުކުރަމުންދާ މިޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޕޯސްޓު ނިންމަވާލެއްވީ، ދިވެހިން އަބަދުވެސް ތިބެނީ، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް އިންސާފު ހޯދައި ސުލްހައާއި ސަލާމަތްތެރިކަމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި ކަމަށް ވިދާޅުވަމުންނެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ދިވެހިރާއްޖެ ހިމެނޭހެން 44 ޤައުމެއްގެ ރައްޔިތުން އިސްވެ، ޣައްޒާ ހިސާރުން ނައްތާލައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ގާފިލާއެކެވެ. މި ބޯޓުތަކުގައި 500 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ގާފިލާއަށް ޔަހޫދީ ދައުލަތުން ހުރަސް އަޅައި އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
Strongly condemn Israel’s interception of the Global Sumud Flotilla in international waters, unarmed civilian vessels carrying vital humanitarian aid to Gaza. Such intimidation is unacceptable and must not be tolerated. Targeting a humanitarian convoy carrying relief to a…
— Dr Mohamed Muizzu (@MMuizzu) October 2, 2025
ސުމޫދު ފްލޮޮޓިއްލާގެ ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުންގެ އަދަދު 500އަށް އަރާއިރު، އޭގެތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެ މީހުން ވެސް ވަނީ، ޔަހޫދީ ސިފައިން ހަތިޔާރާއެކު އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ޢާންމު ކޮށްފައެވެ. ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް އެ މީހުން ގެންދިއުމަކީ ޣައިރު ޤާނޫނީ ކުށެއްގެ ގޮތުގައި އެމީހުންވަނީ ސިފަކޮށްފައެވެ. ސުމޫދު ފްލޮޓިއްލާގެ މިދަތުރުގައި ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ދަނީ ބައިވެރިވަމުންނެވެ. ފްލޮޓިއްލާގެ ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނީ، އެ ފްލޮޓިއްލާގައި ހިމެނޭ 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ، ހުއްޓުވާފައިވާ ކަމަށެވެ. އަދި، އިތުރު 30 އުޅަނދު މިހާރު ވެސް ޣައްޒާއަށް ދަތުރު ކުރަމުންދާ ކަމަށް އެ ފަރާތުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
