
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤައުމުދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެވެސް ޤައުމަށް މާ މުހިއްމުކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ފެއްޓެވުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ޥަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. އަދި ތަރައްޤީ ފުރިހަމަގޮތުގައި ޚާސިލުވާނީ އިސްލާމް ދީނާއި ދިވެހި ޤައުމުދެކެ ލޯބީވާ ހުނަރުވެރި ޖީލެއް ބިނާކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއްކަމަށާއި، މި ތަމްރީންތަކުގެ ނަތީޖާވެސް ރަނގަޅުވާނެކަމަށެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ މުސްތަަޤުބަލު އުޖާލާ ކުރުމަށްޓަކައި ކުރިއަށްގެންދަވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ތަމްރީންތައް ނިމި ދެވަނަ ފިޔަވައްސަށް ދާއިރު ޕްރޮގްރާމްގެ ބައިވެރިން ވާނީ މިހާރަށްވުރެ ބޮޑަށް ޤައުމަށް ޚިދުމަތްކޮށްދޭ، އަދި އަމިއްލަ ޙަޔާތް އިތުރަށް ވަރުގަދަކަމާއެކު ކުރިއަށްގެންދެވޭނެފަދަ ޒުވާނުންތަކަކަށްކަމަށެވެ. ރައީސް ވިދާޅުވީ 50 ބުރިީގެ އިމާރާތެއް އިމާރާތްކުރުމަށްވުރެ ބޮޑަށް އިސްލާމްދިނާއި ޤައުމުދެކެ ލޯބިވާ ފަޚުރުވެރި ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މިއަދު ފެށިގެން މިދަނީ ވަރަށް ތާރީޚީ މަސައްކަތެއް. ޤައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ޞަފްޙާއެއް. މި ޔަޤީންކަން ދެން ސަރުކާރުން ތިކުދިންނާ ވަރަށް ގާތުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނަން. ވަރަސް ހިތްހަމަޖެހިގެން ވަރަށް އުފަކާއެކު ކުރިއަށް ވަޑައިގަންނަވަންވީ.”ރައީސުލްޖުމްހޫރިއޔްާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުންވެސް ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުގިވެރިކަން ފެންނަކަމަށާއި ޤައުމުގެ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ފެނިގެންދާކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި އިތުރު ކުދިން މި ޕޮރޮގްރާމްގައި ބައިވެރިވެ، ސަރުކާރުން ކަނޑައަޅާފައިވާ 5000 ޒުވާނުން ތަމްރީންކުރުމުގެ އަމާޒަށް ވާސިލުވުންކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
