
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަންކަން ކުރައްވަމުންދަނީ އަދުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މަޖިލިސް މެންބަރުން މިކަން ފާހަގަކުރެއްވީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާތީ އެކަން ހުއްޓުވުމަށް އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރުކުރަމުންދާ އުޅަނދުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރެއްވި ބަހުސްގައެވެ. ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޒާކިރުއެވެ. އެ މައްސަލަ ހުށަހަޅުއްވައި އޭނާ ވިދާޅުވީ މި މައްސަލައަކީ ދިވެހި ރައްޔިތުން ބައިވެރިވާ ކަމަކަށްވުމުން ރައްޔިތުންގެ މަޖިލީހުގައި އެވާހަކަތައް ދެކެވި ސަރުކާރުގެ ސަމާލުކަމަށްގެނެސް، ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެގޮތުން، އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެއަށް މިހާރުވެސް ގިނަ އަދަދަކަށް އެތެރެކުރަމުންދާ ކަމަށާއި އެތަކެތީގެ ޑިއުޓީ ބޮޑު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި އަދުގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޔަހޫދީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވޭނެ ގޮތް ހެދީ އަދުގެ ސަރުކާރުން ކަމަށާއި އެއީ އިސްލާމީ ބޮޑެތި ޤައުމުތަކަށްވެސް ނޭޅުނު މުހިންމު ފިޔަވަޅެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ އަދުގެ ދުނިޔެއިން ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ނަމަވެސް ރާއްޖެފަދަ ކުޑަ ޤައުމަކުން ޤައުމަށް އެކަށީގެންވާ މިންވަރަށް އެކަންކަން ކުރައްވަމުންދާ ކަަމަށެވެ. އެ މައްސަލަ ސިޔާސީ ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލާފައިނުވާ ކަމަށާއި އެއީ ފޮރުވިފައިވާ ސިއްރުތަކެއް ހުރުމުން ކަމަށް ޒަރީރު ވިދާޅުވިއެވެ. “ފަލަސްޠީނުގެ ޙައްގުގައި މިހާތަނަށް ރާއްޖޭގެ ވެރިޔަކު ދުނިޔޭގެ އެކި ޕޯޑިއަމްތަކުގައި އެންމެ ގިނައިން ވާހަކަދައްކަވައި، އަޑުއުފުލެއްވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އިޒްރޭލާ ދެކޮޅަށް އެންމެ ގިނައިން ވޯޓު ދީފައިވަނީވެސް މި ސަރުކާރުން،” މެންބަރު ޒަރީރު ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ޒަމާނުއްސުރެ ކުޑަ ޤައުމެއްގެ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ރާއްޖޭން ވަކާލާތު ކުރައްވާ ކަމަށެވެ. އެގޮތުން، އަދުގެ ސަރުކާރުންވެސް ފެނިގެންދަނީ ފަލަސްޠީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ހަރުއަޑުން ގޮވާލާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ. “އެ ޤައުމުގެ ވަށައިގެންވާ ޢަރަބި އިސްލާމީ ބޮޑެތި ޤައުމުތަކަށްވުރެ ދިވެހި ރާއްޖޭން ދަނީ އަޑު ހަރުކޮށް ބަސް ބުނަމުން. އިޒްރޭލު ޕާސްޕޯޓް ބޭންކުރުމަކީ ދަތި އުނދަގޫ ނިންމުމެއް. އެއީ 19ވަނަ މަޖިލީހުން ނިންމަންޖެހޭ ނިންމުމެއް. އެކަމަކު އެކަމަށް އެމްޑީޕީ އޮތީ ނުކުޅެދިފައި،” ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޙައްގުގައި އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން މެންބަރުން ފާހަގަކުރައްވާފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންދާ “ގްލޯބަލް ސުމޫދު ފްލޮޓީލާ” އަށް ޔަހޫދީ އިޒްރޭލުން ހުރަސް އެޅުމުން އެކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ އެކި މައިދާނުތަކުގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރައްވާ ކޮންމެ ފަހަރަކު އެމަނިކުފާނު ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ޤައުމުތަކަށް ގޮވާލެއްވުމުގެ އިތުރުން މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށްވެސް ވަކާލާތު ކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
