
(ފޮޓޯ ކްރެޑިޓްސް: ވީޢެމްސީ)
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ ފަތުރުވެރިކަމުގެ މަހާސިންތާ ފަށައިފިއެވެ. މިއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ މަހާސިންތާ ބާއްވާ ދެވަނަ ފަހަރެވެ. ފަތުރުވެރިކަމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. “ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް”ގެ ނަމުގައި، ކުރިޔަށްގެންދާ މިމަހާސިންތާއަކީ، އަންނައަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، މަސައްކަތްތެރިންނާއި، މީޑިއާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ މިމަހާސިންތާ ބޭއްވުމުގެ މައިގަނޑު މަޤުސަދު ހިއްސާކުރައްވާފައެވެ. އަލިއަޅުއްވާލައްވާފައެވެ. “އަޅުގަނޑުމެންގެ އަމާޒަކީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ވާހަކަދެކެވި ކަންކަމަށް އޮތް ހައްލެއް ދެނެގަތުން. އަދި ކުރިއަށް އޮތް އަހަރު ޕްލޭން ހެދުމުގެ ކުރިން އެބޭފުޅުންގެ ފީޑްބެކް ހޯދައި، އެބޭފުޅުންގެ އައިޑިއާއާއި އެއްކޮށް ޕްލޭން ކުރިއަށްގެންދިއުން. އެހެންވީމާ މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ގިނަ ސުވާލުތަކެއް ކުރެވި، ސުވާލުތަކަށް ވާހަކަދެކެވި، އެބޭފުޅުންގެ ޚިޔާލާއި އެއްގޮތަށް ކަންކަން ކުރުމަށް ބޭއްވޭ ސިމްޕޯޒިއަމެއް މިއީ.” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
ޝިއުރީ ވިދާޅުވީ، މިމަހާސިންތާގެ ތެރެއިން ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކުރެވި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކާ ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެތެރޭގައި، ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ހިމެނޭކަމަށް ވިދާޅުވިއެވެ. މިމަހާސިންތާގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަ އަހަރަށް އެކުލަވާލާ ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ. އެގޮތުން މި ޕްލޭންގެ ތެރެއިން “އޯޝަން ނޭޝަން” ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހާމަކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއެކު ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް، ބޯޓިންގ ޓޫރިޒަމް، ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ޚާއްޞަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރާނޭކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށްގެންދާ މި މަހާސިންތާގައި އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވުމަށާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް މިމަހާސިންތާގެ އަލީގައި ތައްޔާރުކޮށް، އަންނަ އަހަރަށް މާކެޓިންގ ބްލޫ ޕްރިންޓެއް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
