
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 69އަށް އުފުލިއްޖެއެވެ. އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.9ގައެވެ. ބިންހެލުމާ ގުޅިގެން ގެދޮރާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން ގުޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ފިލިޕީންސްގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، ބިންހެލުން އައިސްފައި ވަނީ ސެބޫ ޕުރޮވިންސުގެ އުތުރުގައި އޮތް ބޮގޯ ސިޓީގެ އައްސޭރިފަށަށް ކަމުގައެވެ. އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ރާފީ އަލެހާންދްރޯ ވިދާޅުވީ، އެ ސަރަޙައްދުގެ ހަސްފަތާލުތަކުގައި ބިންހެލުމުގައި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ހަސްފަތާލުތައް ފުރިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 69އަށް އުފުލިފައިވާ ކަން އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި، އިތުރު 150އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމުގައި އެ އިދާރާގެ އޮފިޝަލަކު ބުންޏެވެ. ފިލިޕީންސްގެ ރައީސް ފެރްނާންޑޯ މަރްކޯސް ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައެވެ. އަދި، އެހީގެ ކަންކަން ވިލަރެސް ކުރެއްވުމަށް ބިންހެލުން އައި ސަރަޙައްދުގައި ކެބިނެޓުގެ ބައެއް ވަޒީރުން މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސެބޫއަކީ 3.4 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. ބިންހެލުމުގައި އެ ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ސަރަޙައްދުގައި އޮތް މަކްތާން-ސެބޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލާފައެއް ނުވެއެވެ.
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސެބޫގެ ސަން ރެމީހިއްޔޯ ހިމެނެއެވެ. އެ ރަށުގެ މޭޔަރުގެ ނައިބު އަލްފީ ރައިންސް ވަނީ، އެ ރަށުން ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްވެފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ބިންހެލުމުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. މީގެ އިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. “އެ ސަރަޙައްދަށް ދަނީ ބޯކޮށް ވާރޭވެހެމުން، ކަރަންޓެއް ވެސް ނެތް، އެހެންވެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވޭ، ޚާއްޞަކޮށް ބިންހެލުމުގައި ފެނުގެ ނިޒާމަށް ގެއްލުންވެ، ސާފު ބޯފެން ހުސްވެފައިވާ އުތުރުގެ ސަރަޙައްދުތަކަށް އެހީ ބޭނުންވޭ،” އޭނާ ވިދާޅުވިއެވެ. އެ ރަށުން މަރުވި މީހުންގެ ތެރޭގައި، ބިންހެލުން އައި ވަގުތު، ބާސްކެޓްބޯޅަ ކޯޓެއްގައި ކުޅެން ތިބި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ކަމުގައި ވެސް ރައިންސް ވިދާޅުވިއެވެ. ބިންހެލުމުގައި ބާސްކެޓްބޯޅަ ކޯޓު ހުރި އިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.
ފިލިޕީންސަކީ އަލިފާން ފަރުބަދަތައް ގިނަ ‘ރިންގް އޮފް ފަޔަރ’ގެ ނަން ދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. އޭގެ ތެރެއިން ގިނަ އަލިފާން ފަރުބަދައަކީ ‘އެކްޓިވް’ ނުވަތަ ގޮވުން ޢާންމު ފަރުބަދަތަކެކެވެ. އަދި، އެއީ ބިންހެލުންތައް ވެސް ގިނަ ސަރަޙައްދެކެވެ. މި އަހަރުގެ ޖަނަވަރީ މަހު ވެސް އެ ސަރަޙައްދަށް ދެ ބިންހެލުމެއް އައެވެ. ނަމަވެސް، އެ ހާދިސާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރަައްކާވެފައެއް ނުވެއެވެ. 2023ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 6.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމެއްގައި އަށް މީހުން މަރުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
