
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ، އަދި އޭނާ ގަޔާނުވާ ޖެނެރަލުންނާއި އަސްކަރިއްޔާގެ އިސް އޮފިސަރުން ވަގުތުން ވަޒީފާއިން ވަކި ކުރައްވާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އަސްކަރިއްޔާގެ އިސް ޖެނެރަލުންނާއި އޮފިސަރުންނާ އެކު ވަރޖިނިޔާގައި ބޭއްވި ބައްދަލުވުމެއްގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ. “ޖެނެރަލުންނާއި އެޑްމިރަލުންނާއި [އަސްކަރިއްޔާގެ] އެހެން އިސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން، އެއިން މީހަކާ މެދު އަޅުގަނޑު ގަޔާނުވާ ނަމަ، ވަގުތުން އެ މީހަކު ވަޒީފާއިން ވަކި ކުރާނަން،” ޓްރަމްޕް ވިދާޅުވިއެވެ. އަސްކަރިއްޔާގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ މަޤުޞަދު ވައިޓް ހައުސުން ހާމަކޮށްފައި ނުވާއިރު، ޓްރަމްޕް މި މޭރުމުން ވިދާޅުވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.
ގަޔާނުވާ ޖެނެރަލުންނާއި އަސްކަރިއްޔާގެ އޮފިޝަލުން ވަޒީފާއިން ވަކި ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރައްވާފައިވާއިރު، އޭނާގެ ސަރުކާރުގެ ދިފާޢީ އަދި ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ އަސްކަރިއްޔާގެ ޖެނެރަލުންނަށް ކުޑަމީސްވާ ގޮތަށް ވާހަކަަފުޅު ދައްކަވާފައެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އަސްކަރިއްޔާގެ ޖެނެރަލުންނާއި އިސް އެޑްމިރަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. ހެގްސެތު ސިފަ ކުރެއްވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގައި ގިނައީ ކައިކައިގެން “ފަލަވެފައި” ތިބި “ފަލަ ޖެނެރަލުން”ތަކެކެވެ. އަދި، އެމެރިކާގެ އަސްކަރިއްޔާގެ ހާލަތު ގޯސްވެފައި ވަނީ، ދޮން މީހުން ފިޔަވައި އެހެން ހަމުގެ ކުލައިގެ މީހުންނާއި، އެހެން ނަސްލުތަކުގެ މީހުންގެ އިތުރުން އަންހެނުންނަށް އެމެރިކާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ދީފައި އޮތުމާ ގުޅިގެން ކަމުގައި ވިދާޅުވެ، ހެގުސެތު ވަނީ އެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޖެނެރަލުންގެ އިސްތިޢުފާއަށް ގޮވައިލައްވާފައެވެ. އަދި، ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅު ޖެނެރަލުންނަށް ވެސް އިސްތިޢުފާ ދެއްވުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ހެގުސެތުގެ އެންގެވުމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ، ކަޅު ނަސްލުގެ ބޭފުޅެކެވެ. އަދި، ކަނޑުގެ ސިފައިންގެ އިސް އެޑްމިރަލް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ، އަންހެން ބޭފުޅެކެވެ. ހެގުސެތު ވަނީ އެ އަމަލުތައް ދިފާޢު ކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ދެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގައި އުފެދިފައި އޮތް “ހަލާކުވެފައިވާ” ސަގާފަތަށް ފަރުވާ ހޯއްދެވުމުގެ ގޮތުން ކަމުގައެވެ. “އަޅުގަނޑު މި ދައްކާ ވާހަކަތަކުން ތިޔަ ބޭފުޅުންގެ ހިތްތަކަށް ދަތިވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ޢިއްޒަތްތެރިކަމާ އެކު އިސްތިޢުފާ ދެއްވުން. އަޅުގަނޑަށް އިނގޭ، ތީގެ ތެރެއިން ގިނަ ބޭފުޅުން [ޓްރަމްޕްގެ] ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ކަން. އަދި، އަޅުގަނޑުގެ މި ވާހަކަތަކުގެ ސަބަބުން ތިޔަ ބޭފުޅުންގެ ހިތްތައް ފުރިގެން ގޮސްފައިވާ ކަން،” ހެގުސެތު ވިދާޅުވިއެވެ. އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ އިމާރާތުގެ ތެރެއިން “ފަލަ” ޖެނެރަލުންނާއި އެޑްމިރަލުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ހެގުސެތު ވިދާޅުވިއެވެ.
ޓްރަމްޕާއި ހެގުސެތު އަސްކަރިއްޔާގެ އިސް ޖެނެރަލުންނާއި އޮފިސަރުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނަށް ކުޑައިމީސްކޮށް، އިންޒާރު ކުރެއްވުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި، އެއީ އަސްކަރިއްޔާ ސިޔާސީ ކުރުވުމުގެ ނިޔަތުގައި ބާއްވާފައިވާ ބައްދަލުވުމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
