
(ފޮޓޯ ކްރެޑިޓްސްް: ވިކްޓްރީ ސްޕޯޓްސް ކްލަބް)
ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިޔާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ ހަމަޖައްސައިފިއެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބުން ވަނީ އައު ކޯޗުކަން ޖޯޖްލީ އާއި ހަވާލުކޮށް އޭނާ މީޑިއާއަށް ތައާރަފް ކުރުމާއި އެ ކުލަބުގެ އައު ބޯޑު މީޑީއާއަށް ތައާރަފް ކުރުމަށް ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ޖޯޖްލީއަކީ ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. މުޅިން އަލަށް އޭޝިއާގެ ޓީމަކާއި ހަވާލުވި ޖޯޖްލީއަކީ ސްލޮވާކިޔާގެ ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. މީގެ އިތުރުން އެގައުމުގެ ޔޫތް ޑިވެލޮޕްމެންޓް ޑިރެކްޓަރގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.
48 އަހަރުގެ ޖޯޖްލީ އަކީ ކުރީގެ މަޝްހޫރު ޑިފެންޑަރެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޯޗިން ކެރިއަރު ފެށި ޖޯޖްލީ މަސައްކަތް ކޮށްފައިވަނީ ސްލޮވާކިޔާ އާއި ސާބިއާގައެވެ. ޔޫރަޕް ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްފައިވާ މި ކޯޗާއެކު އެންމެ ފުރަތަމަ ވިކްޓްރީ ސްޕޯޓްސް ކުލަބުން ނިކުންނާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ މިވަގުތު އޮތީ 3 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. ވިކްޓްރީއަށް ލީގުގައި މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ ނިއުރޭޑިއަންޓްގެ ލެޖެންޑް އަދި ކުރީގެ އެންމެ މޮޅު އެއް ފޯވާޑު އާދަމް އަބްދުލް ލަތީފް (ލައްޗޭ) އެވެ. އޭނާ ބުނެފައިވަނީ ވިކްޓްރީއަކީ ފުޓްބޯޅައިން އެންމެ ގިނަ ތަށި ހޯދާފައިވާ ކުލަބު ކަމަށާއި، މި ސީޒަނުގައި މެޗަކުން ބަލިވެގެން ގޮސް އަރާމު ކުރާނެ ފުރުސަތެއް އެ ކުލަބަށް ނެތް ކަމަށެވެ. އަދި ލީގުގައި ކުރިޔަށް ހުރި މެޗުތަކުގައި މޮޅުވާން ހުރިހާ ކުޅުންތެރިންވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ވިކްޓްރީން ކުޅުނު މެޗުތަކުގެތެރެއިން 1-0 ގެ ނަތީޖާއަކުން ވަނީ ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ. އަދި 5-0 ގެ ނަތީޖާއަކުން ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
