
(ފޮޓޯ ކްރެޑިޓްސް: ވިކްޓްރީ ސްޕޯޓްސް ކްލަބް)
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮތް ކުލަބު ވިކްޓްރީ ސްޕޯޓްސް ކުލަބުން އައު ބޯޑެއް އެކުލަވާލާ ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފު އިންތިހާބުކޮށްފިއެވެ. ވިކްޓްރީން އައު ބޯޑެއް އިންތިހާބުކޮށްފައިވަނީ ވިކްޓްރީގެ ރައީސް ހުސެއިން އާދަމް ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން އިސްތިއުފާދިނުމުންނެވެ. އަލުން ވަރުގަދަކޮށް އެނބުރި އައުމަށް ވިކްޓްރީގެ ބޯޑަށް ބޮޑު ބަދަލެއް އައިސްފައިވާއިރު ބޯޑުގައި ސަރުކާރުގެ އިސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ވިކްޓްރީގެ ނައިބު ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ކުރިން އެ ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ވިކްޓްރީގެ ނައިބު ރައީސްކަމަށް ދެން އިންތިހާބުކޮށްފައިވަނީ ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމާއި އަބުދުﷲ ވަހީދެވެ.
ބޯޑު މެންބަރުންނަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. ވިކްޓްރީގެ ޖެނެރަލް ސެކެއްޓްރީކަމަށް ހަމަޖައްސާފައިވަނީ އާރްޑީސީގައި މަސައްކަތްކުރާ ހުޒާމް ހުސެއިންއެވެ. ހަޒާންދާރަކަށް މުހައްމަދުު މުޖާހު މުނީރެވެ. މީގެ އިތުރުން ބޯޑު މެންބަރުންގެ ތެރޭގައި ވިކްޓްރީގައި ކުރިންފެށިގެންވެސް ހިދުމަތް ކުރަމުން އަންނަނ އަހުމަދު ރިޔާޒު އަދި އަހުމަދު އަރީޝްގެ އިތުރުން އައިޝަތު ރައިހާނާއެވެ. ވިކްޓްރީން ވަނީ ކުލަބު ވަރުގަދަ ކުރުމަށް ސްލޮވާކިޔާއާގެ ތަޖުރިބާކާރު ކޯޗެއްވެސް ހޯދާފައެވެ. ރޭ އައު ހިންގާ ކޮމިޓީ އިއުލާނުކޮށް އައު ކޯޗުގެ މަގާމަށް ގެރީ ހަމަޖެއްސިކަން އިއުލާނުކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
