
އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ބްރެޒިލުން ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވަން ފަށައިފި އެވެ. ބްރެޒިލްގެ މި ވިސްނުމުގެ ފަހަތުގައި ހުރި މީހަކީ ދުނިޔޭގެ ކުލަބު ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އެވެ. އޭނާ ބްރެޒިލާ ހަވާލުވީ މިދިޔަ ޖޫން މަހު އެވެ. އެއަށް ފަހު މިހާތަނަށް އަންޗެލޯޓީ ކުރި މަސައްކަތަކަކީ ކުޅުންތެރިން ޓެސްޓް ކުރުމެވެ. މިއަށްފަހު މިހާރު އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލުން ތައްޔާރުވަމުން އަންނަނީ ދުނިޔެގެ ތިން ބައްރެއްގެ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށެވެ. “އޭޝިޔާ އާއި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. މިހެންވެ އަހަރުމެން ތައްޔާރުވަމުން މިދަނީ މި އަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ކުރީކޮޅު މި ދެ ބައްރުގެ ޓީމުތަކާއެކު މެޗުތަކެއް ކުޅެން. މި ގޮތުން ކޮންމެ ބައްރަކުން ވެސް ގަދަ ދެ ގައުމަކާއެކު މެޗުތަކެއް ކުޅޭނެ،” ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕުގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ބްރެޒިލުން ކުޅެން ބޭނުންވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ގާތް ކޮށްފައި ކަމަށެވެ. އެންމެ ފަހުގެ ތިން ވޯލްޑް ކަޕުގައި ވެސް ބްރެޒިލަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޔޫރަޕުގެ ޓީމުތަކާ ވާދަކޮށްގެންނެވެ. މީގެ އިތުރުން އޭޝިޔާގެ ޓީމުތައް އަތުން މޮޅުވުމަކީ ވެސް އޮތީ ދަތިކަމަށްވެފަ އެވެ. މިހެންވެ ބްރެޒިލުން މިހާރު ތައްޔާރުވަމުން އަންނަނީ ކުރީ ވޯލްޑްކަޕުގައި ދިމާވި ކަންތައްތަކުން މި ފަހަރު އަރައިގަތުމަށެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ގައުމަށް އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 2002 ވަނަ އަހަރު އެވެ. މިހެންވެ މިއީ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި ބްރެޒިލް އެންމެ ދިގު މުއްދަތެއް ހޭދަ ކުރަން ޖެހުނު ފަހަރުކަމުގައި ވަނީ ވެފަ އެވެ. ބްރެޒިލްގެ ކޯޗުން ދޫކޮށްލައި ޔޫރަޕުގެ ކާމިޔާބު ކޯޗަކާއެކު ބްރެޒިލް މަސައްކަތް ފެށީ މިހެންވެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
