
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކާމިޔާބީއާ ގުޅިފައިވަނީ ގިނަ ދުވަހުގެ މަސައްކަތާއި ރިވެތި ސުލޫކު ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ދެވަނަ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ވަނީ ހުއްޓުމެއްނެތި ކުރެވޭ މިންނެތް މަސައްކަތްކަމަށާއި ރިވެތި އަޚްލާޤުކަމަށެވެ. ކާމިޔާބިއަށް ވާސިލުވުމަކީ ފަސޭހަކަމެއް ނޫންކަމަށް ވިދާޅުވަމުން ވަޒީރުވަނީ އެއީ ވަރަށް ގިނަ ދުވަހުން ހާސިލުކުރެވޭނެކަމެއްކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ކުޅިވަރުގައި ކާމިޔާބު ހޯދޭނީ ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަކޮށް، އެކުޅިވަރެއްގެ ތެރެއަށް ރަނގަޅަށް ވަދެވިގެންކަމަށެވެ. އަދި ކާމިޔާބީ ގުޅިފަވަނީ ގިނަ ދުވަހު ބުރަ މަސައްކަތާއި ހޭދަކުރެވޭ ވަގުތުތަކެއްގެ އިތުރުން ރިވެތި ސުލޫކުގެ މައްޗަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކުޅިވަރުގައި ކާމިޔާބު އެތުލީޓަކަށްވާން ބޭނުންނަމަ މިސިފަތަކުން ޖަރީވުމަށް ވަޒީރު ވަނީ އިރުޝާދުދެއްވާފައެވެ.
“ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ވަރަށް ބޮދަށް އެކަމަށް މީހާ އެކަމަށް ދިވެހިން ދަންނަވާނަމަ، ގެއްލިގެން، އެކަމުގެ ތެރެއަށް މީހާ ފުންކޮށް ވަދެގެން އެވަގުތާއި އެހުރިހާކަމެއް ދީގެން ކާމިޔާބުލިބެން އޮންނަ ކުޅިވަރެއް. ހުރިހާ ކުޅިވަރަކީވެސް އެކަހަލަ ކުޅިވަރެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކާމިޔާބީއަކީ ވަރަށް ގިނަދުވަހު މަސައްކަތްކޮށްގެން ކޮންސިސްޓެންސީއާއިއެކު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ވަރަށް ރަނގަޅު ޑިސިޕްލިންއެއްގައި ކުރިއަށް ގޮއްސިއްޔާއޭ އަޅުގަނޑުމެންނަށް ކާމިޔާބީއާއި ހަމައަށް ދެވޭނީ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޝޫޓިން މުބާރާތުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވަޒީރު ވިދާޅުވީ މިމުބާރާތުން މިފަހަރު ވަނައަކާއި ހަމައަށް ނުދެވުނުކަމަށްވިޔަސް މުބާރާތުގައި ވާދަކުރި ކޮންމެ އެތުލީޓަކު އެވަނީ ކާމިޔާބީގެ ފަންސާސް އިންސައްތަ ހާސިލްކޮށްފަކަމަށެވެ. މިފަދަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދާ ބައިވެރިވިކަމަށްޓަކައި އެ އެތުލީޓުންނަށް ވަޒީރުވަނީ މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ. “މިމުބާރާތުގައި އަދި ސްޓޭޖުން ނުފެނުނު ކުދިންވެސް އަޅުގަނޑު ދަންނަވާނީ މުބާރާތުގައި ބައިވެރިވުމަކީ ސަކްސެސްގެ ފަންސާސް ޕަސެންޓު ކޮމްޕްލިޓްކުރީއޭ. އެހެންވީމަ މުބާރާތުގެ ބައިވެރިވީތީވެ ތި ހުރިހާ ކުދިންނަށްވެސް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން، ވަރަށް ބޮޑަށް ޝުކުރިއްޔާ” ވަޒީރު ވިދާޅުވެފަވެއެވެ. މިޖަލްސާގައި ޝޫޓަރުންނާއި ވާހަކަދައްކަވަމުން ވަޒީރު ވަނީ މުހިންމު އިލްތިމާސްއެއް ކުރައްވާފައެވެ. އެއީ ކާމިޔާބީއަށް ވާސިލްވުމަށްޓަކައި ކޮންމެ އެތުލީޓަކުވެސް މައިންބަފައިންގެ ބަސްގަބޫލުކޮށް، އެސޯސިއޭޝަންގެ އެންގުމަށް ބޯލަނބައި، ކޯޗުންގެ އިރުޝާދު ކަނުލާ އަޑުއެހުމުގެ މުހިންމުކަމުގެ މައްޗަށެވެ. ވަޒީރު ވިދާޅުވީ މިގޮތަށް އަމަލުކޮށްފިނަމަ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައިކަމަށެވެ.
ޝޫޓިންއަކީވެސް ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށާއި، ހުނަރުވެރި އެތުލީޓުންތަކެއް ރާއްޖޭގައި އެބަތިބިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އުންމީދަކި މިކުޅިވަރުންވެސް ގިނަ ވަނަތަކެއް ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ލިބުންކަމަށެވެ.
“މިކުޅިވަރަކީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް މާގިނަ ދުވަސްތަކެއް ނުވެ، ފަޚުރުވެރި ވަނަތަކެއް އަޅުގަނޑުމެންގެ ޤައުމަށް ހޯދައިދޭނެ ކުޅިވަރެއްކަމުގައި އަޅުގަނޑު ދެކެން. އިރާދަކުރެއްވިއްޔާ އެކާމިޔާބީ ވަރަށް އަވަހަށް އަޅުގަނޑުމެންނާއި ދިމާލަށް އަންނާނެ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރުވަނީ ޝޫޓިން ކުރިއެރުވުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އެތުލީޓުންގެ ބެލެނިވެރިން އެކުދިންނަށްޓަކައި ވަމުންދާ ޤުރުބާނީ ފާހަގަކުރައްވާ ބެލެނިވެރިންނަށް ވަރަށް ޚާއްސަ ޝުކުރެއް ވަޒީރު ދަންނަވާފަވެއެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ދެވަނަ ޝޫޓިން ޗެމްޕިއަންޝިޕު ކުރިއަށް ގެންގޮސްފަވަނީ ސެޕްޓެމްބަރު މަހުގެ 1 އިން 30 ގެ ނިޔަލަށެވެ. މިމުބާރާތުގައި ދެ ޖިންސު ހިމެނޭހެން 370 އެތުލީޓުން ވާދަކޮށްފަވެއެވެ. ޝޫޓިންއަކީވެސް މިހާރު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު، މިކުޅިވަރުން ޒުވާން އެތުލީޓުން އުފެއްދުމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަންނަނީ ޕްރޮގްރާމުތައް ހިންގަމުންނެވެ. މިގޮތުން ޝޫޓިންއަށް ޝައުގުވެރިކަން ހުރި ދަރިވަރުން ސްކޫލުތައް މެދުވެރިކޮށް ހޯދާ، އެކުދިން އަންނަނީ މިކުޅިވަރަށް ތަމްރީނުކުރަމުންނެވެ.
ޝޫޓިންގައި ރާއްޖެއިން ހޯދާފައިވާ ބައިނަލްއަޤްވާމީ ކާމިޔާބީތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައިވެސް ރާއްޖޭގެ ގައުމީ ޝޫޓިން ޓީމުވަނީ ވާދަކޮށް އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު ހޯދި ކާމިޔާބީ ފާހަގަކޮށްލެވެއެވެ. މިގޮތުން އެ މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދި ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ވަނީ ރާއްޖޭގެ ޝޫޓިންގެ ތާރީޚު ތެރެއިން ޖާގަ ކަށަވަރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
