
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން ކުލަބު އީގަލްސް އަތުން ކުލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ. އީގަލްސްގެ މައްޗަށް ގްރީން ސްޓްރީޓްސް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ލީގުގައި ގްރީން ސްޓްރީޓްސްއިން ހޯދި ފުރަތަމަ މޮޅެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމުން ވެސް އޮތީ މޮޅަކަށް ބޭނުންވެފައެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ގްރީން ސްޓްރީޓްސް ބަލިވިއިރު، އީގަލްސް ވަނީ އެއް މެޗު އެއްވަރުކޮށް، އަނެއް މެޗުން ބަލިވެފައެވެ. މި ނަތީޖާއާއެކު އީގްލްސް ވަނީ ލީގުގެ ނުވަވަނައަށް ވެއްޓިފައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފައްދަން ވަނީ މަސައްކަތްކޮށްފައެވެ. މެޗުގެ ކުޅުން ފަށައިގެން ތިންވަނަ މިނެޓުގައި މިސްރުގެ ފޯވާޑް އޮބައިދާ ކާދިމް އަޙްމަދު ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޮބައިދާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ހަމަޖެހިލާފައި ހުރެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ކުރިއަށް ޖެހި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކުރަމުން ދިޔަ ނަމަވެސް، އެ ޓީމުގެ ފޯވާޑުންނަށް ލިބުނު ފުރުސަތުތައް ވަނީ ނިންމާނުލެވިފައެވެ. ގްރީން ސްޓްރީޓްސްއިން މެޗުގައި ޖެހި ދެވަނަ ލަނޑަކީ އީގަލްސްގެ ހާފުގެ ސެންޓަރ ސާކަލް ތެރޭގައި ހުރެފައި ކެޕްޓަން ރިލްވާން ވަހީދު މަތިން ފޮނުވާލި ބޯޅައެއް، ގޯލްކީޕަރު ބޯމަތިން ގޮސް ވަން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ރިލްވާން މި ލަނޑު ކާމިޔާބުކުރީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މިއީ މި ފަހަރު ޕްރިމިއަރ ލީގުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ހިތްގައިމު ލަނޑެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނިޓުގައި ޖަޕާންގެ މިޑްފީލްޑަރ ކަޓްސުޔޯޝީ ކިމިޝީމާއެވެ. މިއީ އޭރިއާ ތެރެއިން އަރިމަތިން ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ގްރީން ސްޓްރީޓްސްގެ މިސްރު މިޑްފީލްޑަރު އެލް ސައީދު އަބްދުލް ފައްތާހު ފޮނުވާލި ބޯޅަ ދިޔައީ އީގަލްސްގެ ގޯލާ އަމާޒުނުވެއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން އީގަލްސް ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، ކައުންޓަރ އެޓޭކުގައި ގްރީން ސްޓްރީޓްސްވެސް ދިޔައީ އީގަލްސްއަށް ނުރައްކާކުރަމުންނެވެ. ދެވަނަ ހާފުގައި އީގަލްސްއިން ގިނަ ވަގުތު ގްރީން ސްޓްރީޓްސްގެ ހާފުގައި ކުޅުނުއިރު، މެޗުގެ 63 ވަނަ މިނިޓުގައި އަޙްމަދު ރިޒުވާން ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން ހުސްކޮށް ހުރެފައި އިބްރާހިމް މަހުދީ ހުސެއިން ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަޙްމަދު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.
އޭގެ ފަހުންވެސް މަހުދީ ފޮނުވާލި ބޯޅައެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގްރީން ސްޓްރީޓްސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މި ހަމަލާއަށްފަހު ރިޒުވާން ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތިން ރިލްވާން ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި އީގަލްސްއިން ނަތީޖާ ހަމަހަމަކުރީ 84 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ރިޒުވާން އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އެކަމަކު މެޗުން ގްރީން ސްޓްރީޓްސް މޮޅުވި ލަނޑު އެ ޓީމުން ކާމިޔާބުކުރީ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އޮބައިދާ ބޮލުން ގޯލުގެ ތެރައަށް ވައްދާލައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
