
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން މިހެން ވިދާޅުވެފައި މިވަނީ ކޮރަޕްޝަނާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިސްވެ، މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ. އިހުސާން ވިދާޅުވީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާއިރު ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ އެކު ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ އިހުސާން ވަނީ ފާއިތުވި 15 އަހަރު ސަރުކާރު ހިންގުމަށް ލިބި އެކަން ނުކޮށް ތިބި ފަރާތްތަކުން މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. މަގާމުތަކުގައި އެ ބޭފުޅުން ތިބިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެވުނީ ކޮން ކަމެއްތޯ އިހުސާން ސުވާލު އުފެއްދެވި އެވެ.
Corruption huttuvumah emme rangalhu gothaky zimmaadhaaru maqaamuthakugai thibey iru Corruption huttuvumah alhan jehey fiyavalhu elhumaai corruption ge amalu hingaa faraaiyythakuge mahchah qaanoonu thanfeezu kurun. Alhugandumen midhany e masahkaiyy kuramun. Mi fursathu faaithuvi…
— Minister of Homeland Security & Technology (@min_mohst) September 30, 2025
އިހުސާން އެހެން ވިދާޅުވިއިރު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް މި ހަފްތާގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އިދިކޮޅުން ދަނީ “ލޫޓުވައިފި ލޫޓުވައިފި” ނަމުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެ ހަރަކާތާ ގުޅިގެން އެކްސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އެއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ނުދެކުމަށާއި އެ ހަރަކާތަކީ ކޮރަޕްޝަނާ ދެކޮޅު ހުރިހާ އެންމެން ވެސް ބައިވެރިވުން މުހިއްމު މުޒާހަރާއެއް ކަމަށް ވިދާޅުވެ، އެންމެނަށް ދައުވަތު ދެއްވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
