
ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓަށް ބޭރުގެ އިންވެސްޓަރުންނަށް ދޮރު ހުޅުވާލުމަކީ ދިވެހި އިޤްތިޞާދަށް އަންނަ ބޮޑު ކުރިއެރުމެއްގެ ފެށުން ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ހާމަކުރައްވައިފިއެވެ. ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު، ނުވަތަ ކެޕިޓަލް މާކެޓު އިތުރަށް ފުޅާކޮށް ބޮޑުކުރުމުގެ މަޤްސަދުގައި، ސީއެމްޑީއޭއިން މިވަނީ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ފަހި ފުރުސަތުތަކެއް ހުޅުވާލާފައެވެ. މިކަމަށްޓަކައި، ސީއެމްޑީއޭއިން ވަނީ “ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު” ޝާޢިއުކޮށްފައެވެ. މިގަވާއިދު ހިނގާނީ، ސީއެމްޑީއޭއިން ހުއްދަ ދީފައިވާ ސެކިއުރިޓީޒްގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންގެ މައްޗަށާއި، ކެޕިޓަލް މާކެޓްގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްޗަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސީއެމްޑީއޭއިން ފާހަގަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕެންޝަން އޮފީސް)
މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރުގައި އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ އިންވެސްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެ ފަރާތަކީ ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެއިތުރުން، އެ ބޭރުގެ އިންވެސްޓަރު ނިސްބަތްވާ ސެކިއުރިޓީޒް މާކެޓުގެ ރެގިއުލޭޓަރަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަން، އައިއެސްއޯގެ މަލްޓިލޭޓަރަލް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ފަރާތްތަކަށްވެސް ވާންޖެހެއެވެ.
މީގެއިތުރުން އެފަރާތަކީ އދ.ގެ ސެކިއުރިޓީ ކައުންސިލުން އާންމުކުރާ ސެންކްޝަންސް ލިސްޓުގައި އެކި ދުވަސްވަރުގެ މަތިން ހިމެނިފައިވާ ފަރާތްތަކަށް ނުވުން ހިމެނެއެވެ. ހަމައެއާއެކު، މަނީ ލޯންޑްރިން ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ދާއިރާގައި މައްސަލަތަކެއް ހުރި އަދި އެކަމާ ގުޅިގެން ޓާސްކް ފޯސްއިން އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ޤައުމެއް، ނުވަތަ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ މައްސަލަތައް ހުއްޓުވުމުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ޤައުމެއްގެ ފަރާތަކަށް ނުވުމަށް ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރަށްގިލި މޯލްޑިވްސް)
ސީއެމްޑީއޭއިން ޝާއިއުކުރި މި ގަވާއިދުގައި ބޭރުގެ ފަރާތްތަކަށް ސެކިއުރިޓީގެ އެކި ބައިތަކުގައި އިންވެސްޓް ކުރެވިދާނެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކުންފުންޏެއްގެ އިކުއިޓީގައި އިންވެސްޓް ކުރާ ހާލަތުގައި ހިއްސާގެ %10 ހޯލްޑުކުރެވޭނެކަމަށާއި، ނަމަވެސް އިންވެސްޓް ކުރަނީ އިކުއިޓީ ފިޔަވައި އެހެން ސެކިއުރިޓީއެއްގައިނަމަ އިންވެސްޓަރަކަށް %100އާހަމައަށް އިންވެސްޓް ކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ބޭރުގެ އިންވެސްޓަރުންނަށް ކެޕިޓަލް މާކެޓް ހުޅުވާލުމުން ރާއްޖޭގެ މާލީ ދާއިރާއަށް އިންވެސްޓްމަންޓް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ބައިނަލްއަޤްވާމީ މާކެޓުތަކާ ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއްކަމަށް އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމަށްޓަކައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އުފެއްދީ 2006ވަނަ އަހަރުއެވެ. މިއީ މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރަށް ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
