
(ފޮޓޯ ކްރެޑިޓްސް: މާލީ ވުޒާރާ)
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަނުގެ ގޮތުގައި ހެދޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާ ކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވީ ޤައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާއާއި ފައިދާ ލިއްބައިދޭނެ ނިޒާމެއް މިޤައުމުގައިވެސް ޤާއިމްކޮށްފައިވާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މާލީ ވުޒާރާ)
އެގޮތުން 26 ޖެނުއަރީ 2006ގައި އަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް ނަޒަރު ހިންގާލާއިރުވެސް ދައުލަތުގެ ފައިސާއާއި މުދާ ޕަބްލިކް ބޭންކް އެކައުންޓްތަކާއި، ފަންޑްތަކާއި ބަޖެޓް އެކުލަވާލުމާއި ހުށަހެޅުމާއި މާލީ ހިސާބު ހެދުމަކީ ޤާނޫނުން ލާޒިމްކުރާ ކަންކަމަށްވީ ހިނދު އޮޑިޓްކުރެވޭނެ ނިޒާމެއް މިޤާނޫނުން ޤާއިމްކޮށްދީ ފަހިކޮށްދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ މިނިޒާމް ފުރާފުރިހަމަވެގެން ދަނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަމުގެ ސަބަބުންކަމަށެވެ. އަދި މިނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް އެހީވެދޭ ބަޔަކަށްވުމަށް އިންޓަރނަލް އޮޑިޓަރުން އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި އެކަމަށް މިކޮންފަރެންސަކީ އެންމެ ރަނގަޅުވަގުތުކަމަށް ޤަބޫލްކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
“ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރު ލިބި ރައްޔިތުންނަށް މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީވެސް އިންޓަރނަލް އޮޑިޓް ހަރުދަނާކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ އޮޑިޓަރުން ދެއްވާ އިރުޝާދުތަކާ ލަފާތައް ތަންފީޒުކުރެވިގެން. އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކާއި، އާންމުންކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓަރނަލް އޮޑިޓަރުން އަދާކުރޭ.
އިންޓަރނަލް އޮޑިޓަރުން އެބޭފުޅުންގެ މަސައްކަތްކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މިސަރުކާރުން ޤަބޫލްކޮށް ބަލައިގަންނަކަން އަދު މިއަދުގެ ސަރުކާރުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން އެކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން” ނައިބު ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މާލީ ވުޒާރާ)
އިންޓަރނަލް އޮޑިޓަރުންނަށް މަސައްކަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އިނޓަރނަލް އޮޑިޓަރުންނަށް ޚާއްސަކޮށް އޮނިގަނޑެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސްވަނީ ކައިރި މުސްތަޤްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ. މިއަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިޢާރަކީ “ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން”. މިޝިއާރުންވެސް ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުން ތަހްޒީބުވަމުންދާ ދިއުމުގައި ތަފާތު އީޖާދުތަކާއެކު ކުރިއަށް ދެނެނުގަނެވޭނެ ހިރާސްތަކާއި ގޮންޖެހުންތަކާއި އޮޑިޓްކުރުމުގައިވެސް ކުރިމަތިލާންޖެހޭނެ ކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ހިރާސްތައް ދެނެގަނެ އެކަންކަމަށް އޮޑިޓަރުން ފާރަވެރިވާން ޖެހޭ ކަމަށާއި، ކަންކަން ބޮއްސުންލައިގެން ދިއުމުގެކުރިން އެކަންކަމަށް ފާރަވެރިވެ އިދާރާތަކުގެ އިންޓަރނަލް ކޮންޓްރޯލް ވަރުގަދަ ކުރެވިއްޖެނަމަ ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް އޭގެއެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ހެދިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްވަނީ 2026 އިން 2028އަށް އެކުލަވާލެވިފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި، ސްޓޭޓް އިންޓަރނަލް ކޮމިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވާފައެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ މިއީ މާލީ އިދާރާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރެވި އިޤްތިސާދަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވުމުގެ އިތުރުން ސަރުކާރުން ކަނޑަައަޅާފައިވާ ލަނޑު ދަނޑިތައް ހާސިލްވުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަމަށެވެ.
އަދި މިކޮންފަރެންސްގައި އޮޑިޓްގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އިލްމާއި ތަޖްރިބާގެ އަލީގައި ބައިވެރިންނަށް އައު ކަންކަން ދަސްކުރެވި މިދާއިރާގައި ހުރި ހުރިހާ ހިރާސްތަކާއި، ގޮންޖެހުންތައް ދެނެގަނެވި އެކަންކަން ހައްލުކުރެވޭނެފަދަ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކޮންފަރެންސަކަށް މިކޮންފަރެންސް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު...
ސްޓެލްކޯގެ ޗާޓުން ފެންނަނީ ގަދަ ހޫނާ އެކު ކަރަންޓު ބޭނުންކުރުން ވެސް މަތިވާތަން
ރާއްޖޭގައި މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މި ހޫނާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް...
ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ....
ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
ބިލްތަކުގައި މައްސަލައެއް ނެތް، ހަމަ ހޫނު ގަދައީ: ފެނަކަ
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލްތައް ބޮޑުވަނީ ބިލް ހެދުމުގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ދިމާވާ ކަމެއް...
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ...
