
މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް އަންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރުއެވެ. ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުން އައި ރިސޯޓެކެވެ. މިތަން ބަންދުކުރިއިރު 500 އަށްވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ޝަންގްރިއްލާ ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދަފުޅުކެވެ. ސަރުކާރުން ކުރި މަސައްކަތުން ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެކަމުގެ ޔަޤިންކަން މިހާރު ވަނީ ލިބިފައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ޑިސެމްބަރ 31ގެ ކުރިން ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މިހާރު ކުރަމުންދަނީ ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްކަމަށެވެ. އެގޮތުން މުވައްޒަފުން ހޯދުން ފަދަ ކަންކަން މިއޮތް މުއްދަތުގެ ތެރޭގައި ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ޝަންގްރިއްލާ ބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައި އެތަން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ރިސޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެކެވެ.
ރިސޯޓު ހުޅުވުނު ފަހުން ވަގުތީގޮތުން ހުއްޓާލެވުނު ދުވަހާ ހަމައަށް، ޝަންގްރިއްލާ ވިލިނގިލިން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޝަންގްރިއްލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާގެ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް މިކަން ވެގެންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މިރިސޯޓު ހުޅުވާފައިވަނީ ސަރުކާރުގެ %30 ހިއްސާ އާއި ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ %70 ހިއްސާއާ އެކުއެވެ.
2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ހިއްސާ ދޫކޮށްލާފައެވެ. ސަރުކާރުން ހިއްސާ ދޫކޮށްލީ ކޯވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމަށްފަހު އަލުން ނުހުޅުވާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ. ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ އެންމެ ބޮޑު ރިސޯޓެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މި ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
