
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާންގެ އެންގުމަށް، އެ ޤައުމުގައި މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައިވާ ކަމަށް މަސްދަރުތަކާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އެ ރިޕޯޓުތައް ބުނާ ގޮތުގައި، އިއްޔެއިން ފެށިގެން މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ވައިގެ އުދުހުންތަކުގެ އިތުރުން މާލީ މުޢާމަލާތްތަކަށް ވެސް ވަނީ ބުރޫއަރައިފައެވެ. ނަމަވެސް، މިކަމުގައި ޠާލިބާންގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ޠާލިބާންގެ ސަރުކާރުން ދާދިފަހުން ވެސް ވަނީ އިންޓަނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަންނަކަމަށް ބުނެ، ބައެއް ސަރަޙައްދުތަކަށް އިންޓަނެޓު ޚިދުމަތްދިނުން ހުއްޓައިލަން އަންގައިފައެވެ.
އިންޓަނެޓު އަދި މޯބައިލްގެ ޚިދުމަތް ނުލިބި، ރައްޔިތުން ބިޑެތި ނުރައްކާތަކަށް ހުށަހެޅޭކަމުގެ ކަންބޮޑުވުންފާޅުކޮށް، އދ.ން ވަނީ މިފަދަ އަސާސީ މުއާސަލާތީ ޚިދުމަތްތައް ރުޖޫއަކުރަން ޠާލިބާނަށް ގޮވާލައިފައެވެ. އަފްޣާނިސްތާނުގައި މޯބައިލް ޚިދުމަތްދޭ ކުންފުންޏެއްގެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، މޯބައިލް ޚިދުމަތް ކަނޑައިލަން ސަރުކާރުން އަންގާފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރާ ވާހަކަ ދައްކައިގެން، ޚިދުމަތް އަލުން ދޭން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައިމިވަނީ، އަފްޣާނިސްތާނަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް ހާސް އާންމު ރައްޔިތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ޚިދުމަތްތައް ނުލިބި، އެ މަސައްކަތްތަކަށް ވެސް ބުރޫއަރާފައިވާކަމަށް ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
