
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރުގަދަ ތޫފާނު “ބޫލޯއި”ގެ އަސަރު ވިއެޓްނާމަށް ކުރަމުންދާއިރު، ވެރިރަށް ހަނޯއީގައި ބޯކޮށް ވާރޭވެހި، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައިފިއެވެ. ވިއެޓްނާމުގެ ދައުލަތުގެ މީޑިއާއިން ބުނީ، ތޫފާނާ އެކު ބޯކޮށްވާރޭވެހި، އުދައެރުމުގެ ސަބަބުން، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި މިހާތަނަށް 26 މީހުން މަރުވެ، އިތުރު 22 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެއްގަމު ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ފަސަންޖަރުންގެ ސަލާމަތަށްޓަކައި ވިއެޓްނާމުގެ މައި އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބައެއް ދަތުރުތައް ކެންސަލްކޮށް، އަނެއް ބައި ފްލައިޓުތައް ފަސްކޮށްފައެވެ.
ވިއެޓްނާމުގެ މޫސުމާބެހޭ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، އެ ޤައުމުގެ ގިނަ ހިސާބުތަކަށް 300 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށާއި، އަދި މިކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. ގިނަ މަގުތަކުގައި ވެހިކަލްތައް ނުދުއްވޭ ވަރަށް ފެންބިޑުވެފައިވާއިރު، ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
