
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ހަސްފަތާލެއްގައި ފަރުވާ ދެމުންދާ ދުވަސްނުފުރައި އުފަންވެފައި ތިބި ތުއްތުކުދިންތަކެއް ސަލާމަތް ކޮށްދިނުމަށް އެދި އެކުވެރި ދައުލަތްތައް (އދ)ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ގޮވައިލައިފިއެވެ. އެ އިދާރާއިން ބުނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އަލް-ޙުލޫ ހަސްފަތާލުގައި އިންކިޔުބޭޓަރުގައި 25 ވަރަކަށް ކުދިންނަށް މިހާރު ވެސް ފަރުވާ ދެމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރު ފޮނުވައި، އެ ހަސްފަތާލު ވަށައިލާފައެވެ. އަދި، އެ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި އެ ހަސްފަތާލު ހުރި ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ޔުނިސެފުން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ސިފައިން އެ ހަސްފަތާލުގެ އިމާރާތަކަށް ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، އެއީ ދުވަސްނުފުރައި އުފަންވެފައި ތިބި 12 ވަރަކަށް ތުއްތުކުދިންނަށް އިންކިޔުބޭޓަރުގައި ފަރުވާ ދެމުން ދިޔަ އިމާރާތެއް ކަމުގައެވެ.
ޙުލޫ ހަސްފަތާލުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ވެސް ވަނީ، 12 ތުއްތުކުދިންނަށް ފަރުވާ ދެމުން ދިޔަ އިމާރާތަކަށް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން ޙަމަލާ ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. “ޣައްޒާ ސިޓީއަކީ ހަނގުރާމައިގެ މައިދާނަކަށް ބަދަލު ކޮށްލުމުން އެ ކުދިން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މި ވަނީ ޖެހިފައި، ނަމަވެސް އެ ކުދިން ގެންދާނީ ވަކި ކޮންތަނަކަށް؟ އެ ކުދިން ގެންދާނެ އެއްވެސް އަމާން ތަނެއް ނެތް،” ޔުނިސެފްގެ ތަރުޖަމާނު ރިކާރްދޯ ޕީރްޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކުދިން އެހެން ތަނަކަށް ބަދަލު ކުރުމަކީ އުނދަގޫ އަދި ނުރައްކާތެރި މަސައްކަތަކަށް ވާނެ ކަމުގައެވެ. މި ގޮތުން، އެ ކުދިންނާ އެކު އޮކްސިޖަން ފޯރުކޮށްދެވޭނެ ނިޒާމަކާއި، އެ ކުދިންނަށް އައިވީ ދޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމުގައެވެ. މި ފަދަ ގޮތަކަށް، ހަނގުރާމައިގެ މައިދާނެއްގެ ތެރެއިން އެ ކުދިން އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމަކީ އެ ކުދިންގެ ފުރާނައަށް ނުރައްކާވާނެ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“އެ ކުދިން އެހެން ތަނަކަށް ބަދަލު ކުރުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް، ނަމަވެސް އެއީ ނުރައްކާތެރި ކަމެއް،” އޭނާ ވިދާޅުވިއެވެ. އެ ކުދިން ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ކޮން ހަސްފަތާލަކަށް ކަން ސާފެއް ނޫނެވެ. ސަބަބަކީ، ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޣައްޒާގެ ގިނަ ހަސްފަތާލުތަކަކަށް ޢުދުވާނީ ޙަމަލާތައް އަމާޒުކޮށް، އެ ސަހަރުގެ ޞިއްޙީ ނިޒާމު ބަލިކަށި ކޮށްލާފައި އޮތުމެވެ. އަދި، ބަލިމީހުންނާއި ތުއްތުކުދިންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާނެ ބޭހާއި އެހެނިހެން ސާމާނު ލިބެން ނެތުމެވެ.
ޕީރްޝް ވިދާޅުވީ، ދުވަސްނުފުރައި އުފަންވެފައި ތިބި ތުއްތުކުދިންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ދެވޭނެ ނިޒާމެއް ޣައްޒާގައި މި ވަގުތު ނެތް ކަމުގައެވެ. އަދި، އިންކިޔުބޭޓަރުގެ އަދަދު މަދުވުމާ އެކު، އެއް އިންކިޔުބޭޓަރު ބޭނުން ކޮށްގެން އެއް ކުއްޖަކަށް ވުރެ ގިނަ އަދަދެއްގެ ކުދިންނަށް އެއް ފަހަރާ ފަރުވާ ދެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޣައްޒާގެ ހަސްފަތާލުތަކަށް އިތުރު އިންކިޔުބޭޓަރު ފޯރުކޮށްދިނުމަށް އެދުމުން ޔަހޫދީން އެ ކަމަށް އިންކާރު ކޮށްފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
