
ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރު ޕެޑްރީއަކީ އެ ޓީމުގެ ހެރީ ޕޮޓާ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. ކުރިން ބާސެލޯނާގެ ކެޕްޓަންކަން ކުރި އެންރީކޭ އަކީ ބާސެލޯނާގެ ޔޫތު ޓީމާއި ސީނިއާ ޓީމުގެ ވެސް ކުރީގެ ކޯޗެވެ. އޭނާ ސީނިއާ ޓީމަށް ކޯޗުކޮށްދިން އިރު ޕެޑްރީ އަކީ ބާސެލޯނާގެ ލަމާސިއާގެ ކުޅުންތެރިއެކެވެ. އަދި ފަހުން ސްޕޭނުގެ ގައުމީ ޓީމުގައި ވެސް އެންރީކޭ ވަނީ ޕެޑްރީ އަށް ކޯޗު ކޮށްދީފަ އެވެ. “އަހަރެން ވަރަށް ރަނގަޅަށް އޭނާ ދަންނަން. އަހަރެންގެ ނަޒަރުގައި އޭނާ އަކީ އަހަރެންނަށް ހެރީ ޕޮޓާ. އަހަރެން އުއްމީދު ކުރަނީ އޭނާ މި މެޗުގައި އެ ޖާދޫ ނުދައްކާނެ ކަމަށް. އަހަރެން އުއްމީދު ކުރަނީ އޭނާގެ ޖާދޫގެ ތީރު މި މެޗަށް ނުގެންނާނެ ކަމަށް،” އެންރިކޭ ބުންޏެވެ.
އޭނާ އަދި ބުނީ ބާސެލޯނާ އާއި ޕީއެސްޖީ ކުޅޭ މެޗު ބަލަން އެންމެން ވެސް ވޭނުންވާނެ ކަމަށާއި ނަމަވެސް މެޗު ކުޅެން ޖެހެނީ މުހިންމު ގިނަ ކުޅުންތެރިންނަށް އަނިޔާވެފައިވާ ވަގުތެއްގައި ކަމަށެވެ. “މިއީ ވަރަށް ދެރަކަމެއް. އެންމެން ވެސް މި މެޗު ބަލާ ހިތުން ތިބެނީ. ދެ ޓީމުގެ ވެސް ވަރަށް މުހިންމު ކުޅުންތެރިންތަކެއް ނެތުމަކީ ވަރަށް ދެރަ ކަމެއް. އެކަމަކު އަހަރުމެން ބާސެލޯނާއާ މެދު ވަރަށް ފަރުވާތެރިވާނަން. ފަރުވާ ކުޑަކޮށްލައިފިނަމަ އެ މީހުން އަހަރުމެން މަރާލާނެ،” އެންރީކޭ ބުންޏެވެ.

ޕީއެސްޖީ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. އެންރީކޭގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް މި ތަށި ހޯދައިދެވުމުން އޭނާ ބުނީ އެ ކަމުން ދައްކައިދެނީ ފުޓްބޯޅައިގެ ވާދަވެރިކަން ކަމަށާއި އެއް ބަޔަކަށް ދެ އަހަރެއްގައި ޑޮމިނޭޓް ނުވަނީ މިސަބަބާ ހެދި ކަމަށެވެ. އޭނާ އަދި ބުނީ ބާސެލޯނާ އަކީ އޭނާގެ ގެ ކަމަށާއި ބާސެލޯނާ އަށް އައުމުން ކުރެވެނީ ތަފާތު އިހުސާސެއް ކަމަށެވެ. “އަހަރެންގެ ކެރިއަރުގެ އެންމެ އަލިގަދަ ވަގުތުތައް ހޭދަކުރީ މިތަނުގައި. ކުޅުންތެރިއެއްގެ ގޮތުގައި އަދި ކެޕްޓަނެއްގެ ގޮތުގައި އޭގެ ފަހުން ކޯޗުކަމުގައި. އެހެންވީމާ މިތަނަށް އައުމުން އަހަރެން އުފާވޭ. މިތަނަށް އައުމުން އަހަރެން ދެކެ ލޯބިވާ އެތައް ބަޔަކާ ދިމާވޭ. އަހަރެންނަށް ބާސެލޯނާއާ ބެހޭ ގޮތުން ގޯސް އެންމެ ވާހަކައެއް ވެސް ނުބުނެވޭނެ،” އެންރީކޭ ބުންޏެވެ.
އޭނާ އަދި ބުނީ މި މެޗުގައި ޕީއެސްޖީގެ ޖާޒީގައި ނިޔާވެފައިވާ އޭނާގެ ދަރިފުޅުގެ ނަން ޖަހައިގެން ކުޅޭތީވެ އެކަމަށްޓަކައި ޕީއެސްޖީގެ ރައީސަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
