
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމަށް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ. ސްޕެއިންގެ ޗެމްޕިއަނުންނަކީ މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ޕީއެސްޖީ އަލަށް ތަށި މިދިޔަ ސީޒަނުގަ އެވެ. މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ވެސް މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ފްލިކް ބުނީ އެއީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ. “ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ އޭނާގެ ހުރިހާ މޮޅު ކުޅުންތެރިން މެޗުގައި ކުޅެން. އެކަމަކު އަނިޔާ އަކީ ފުޓްބޯޅައިގެ ބައެއް. އަހަރުމެން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ތިބެން،” ކޯޗު ބުންޏެވެ.
ޕީއެސްޖީގެ ކޯޗަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ލުއިސް އެންރީކޭ އެވެ. ފްލިކް ބުނީ އެންރީކޭ އަކީ އޭނާ ވަރަށް ގަޔާވާ ކޯޗެއް ކަމަށާއި ދެ ޓީމުގެ ވެސް އަނިޔާގެ މައްސަލަ ބޮޑު ވަގުތެއްގައި މި މެޗު ކުޅެން ޖެހުމަކީ މިފަދަ މެޗެއް ކުޅެން އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ ކަމަށެވެ. އޭނާ އަދި ބުނީ މެޗުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމުގައި ވަނީ ދެ ޓީމުގެ ކާމިޔާބީ އާއި ތާރީހަށް ބުރެވެ ކަމަށެވެ. މިހެންވެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަމައަށް އެއްވާނެއްގައި ބާސެލޯނާގެ އަމިއްލަ ގޭމް ކުޅެން ޖެހޭނެ ކަމަށެވެ.
“ސަބަބަކީ ޕީއެސްޖީ އަކީ ބޯޅަ ބޭނުންވާ ޓީމެއް. އަހަރުމެން ވެސް ބޯޅައާއެކު ގިނަ ވަގުތު ތިބެން ބޭނުންވަނީ. މިހެންވީމާ މި މެޗުގައި ބާސެލޯނާގެ އަސްލު ސްޓައިލްގައި ކުޅެންޖެހޭ. އަހަރުމެންނަކީ މި މެޗުގެ ފެބްރިޓުން. އަހަރުމެންނަކީ ބާސެލޯނާ. އަހަރުމެން އެންމެ ވަގުތެއް ވެސް ބޭކާރު ނުކޮށް މޮޅުވާން ކުޅެން ޖެހޭ. މިއީ ޗެމްޕިއަންސް ލީގު. މިއީ އަހަރުމެން ކާމިޔާބު ކުރަން ބޭނުންވާ މުބާރާތެއް. އެކަމަކު މިއީ ދިގު ދަތުރެއް،” ކޯޗު ބުންޏެވެ. ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުގައި އިޓަލީގެ އިންޓަމިލާން އަތުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
