
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވެ، މަނީލޯންޑަރިން ހިންގާފައިވާ ކަމަށް ބުނެ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފިއެވެ. ކުރިމިނަލް ކޯޓުގައި އަޑުއެހުންތައް ނިންމާލާފައިވާއިރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަކީ އެފްއޭއެމަށް ދިން ފައިސާކަން އެނގޭ ހެކި ހުރިއިރު އެ ފައިސާގެ ކަންކަން ނިންމަން އޭރު ހުރީ އެ އިދާރާގެ އޭރުގެ ރައީސް ބައްސާމްއެވެ. އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުން ކުރިކަން ދައުލަތަށް ލިބިފައިވާ ހެކިތަކުން އިނގޭ ކަަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައެވެ.
އެހެންނަމަވެސް ބައްސާމް ބުނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ދައުލަތުން ބުނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަމަށް ބައްސާމް ބުނި ނަމަވެސް އެ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުލިބޭ ކަމަށެވެ. ފީފާއިން އެފްއޭއެމަށް ދިން އެ ފައިސާއިން ބޭންކަށް ދައްކަންޖެހޭ ފީތައް ކެނޑުމަށްފަހުން ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެއެވެ. އަދި އެއީ އެފްއޭއެމްގެ ރައީސްއަށް ފީފާއިން ދިން އެލަވަންސް ފައިސާ ނޫން ކަމަށާއި އެ ފައިސާއަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިނުވާތީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނުބެލެވޭ ކަމަށްވެސް ދައުލަތުން ބުންޏެވެ.
އެހެންކަމުން ހިޔާނާތުގެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާތީ ބައްސާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ބައްސާމް ބޭނުންކުރީ އެފްއޭއެމްގެ ފައިސާކަން ޝައްކުކުރެވޭ ހާލަތެއް އޮތުމުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާވަރަށް ހެކި އެބަހުރިކަމަށެވެ. މަނީލޯންޑަރިންނާއި ފައިސާއަށް ހިޔާނާތެރިވުމަކީ ދެ ކުށެއް ކަމަށް ދައުލަތުން ކަނޑައަޅާފައިވާއިރު ބައްސާމްގެ ވަކީލް ޒުބައިރު މުހައްމަދު އިއްޔެ ކޯޓުގައި ވިދާޅުވީ އެއީ ބައްސާމު ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ނޫން ކަމަށާއި އެފަދަ ގޮތަކަށް ޝައްކުކުރެވޭނެ ހާލަތެއްވެސް ނެތް ކަމަަށެވެ. އަދި އެ ފައިސަަ ނެގުމަށް ލިޔުންތައް ތައްޔާރުކުރީ ބައްސާމް ކަން އެނގޭނެ އެއްވެސް ހެއްކެތް ނެތްކަމަށެވެ. އެހެންކަމުން އެ ފައިސާ ނެގުމުގައި ބައްސާމު ބައިވެރިވިކަމުގެ ހެއްކެއްވެސް ނެތް ކަމަށެވެ.
އެ ފައިސާއަކީ ބައްސާމަށް އޭރު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރުމުގެ ސަބަބުން ލިބެންޖެހޭ އެލަވަންސް ކަމަށާއި އެ އެލަވަންސް ބައެއް ފަހަރު އެއްފަހަރާ ޖަމާވާކަން އެނގޭކަމަށް ބައެއް ހެކިބަސްތަކުން އެނގޭ ކަމަށްވެސް ބައްސާމުގެ ދިފާއީ ވަކީލު ވިދާޅުވިއެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. ހުކުމް އިއްވާނެ ތާރީހެއް ކްރިމިނަލް ކޯޓުން އަދި ކަނޑައަޅާފައެއް ނުވެއެވެ. މި ދެ މައްސަލައިގެ އިތުރުންވެސް ބައްސާމުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން އަމީން އެވެނިއުއިން ޕެންޓްހައުސް ގަތުމާއި ފުޓްބޯޅަ އިދާރާގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ. އެގޮތުން އެފްއޭއެމްގެ ފުޓްބޯޅަ ސުކޫލް އެޅުމަށް އެޗްޑީސީން ހަމަޖައްސައިދިން ހުޅުމާލެ ބިމާއި، މާފަންނު ސްޓޭޑިއަމް ސަރައްދުގައި އޮންނަ ބިމުގައި އަމިއްލަ ފަރާތްތަކުން ގުދަންބަރި ހަދައިގެން ބޭނުންކުރަމުންދާ މައްސަލަ ފާހަގަ ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
