
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލު އެއްވަނައަށް ޖެހިލައިފިއެވެ. މާޒިޔާއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ފޯމުގައި އޮވެއެވެ. ބުރު ސްޕޯޓްސް ކުލަބުން ފުރަތަމަ މެޗު ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ކުލަބު އީގަލްސްއާ އެ ޓީމު ވަނީ އެއްވަރުވެފައެވެ. މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ތިން މެޗުން މޮޅުވެ ހޯދި 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް ވަނީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެފައެވެ. ބުރު ސްޕޯޓްސްއަށް ވުރެން ބޮޑަށް މާޒިޔާގެ ހަމާލާތައް ގިނަވެ ވަރުގަދަވިއިރު، ބުރު ސްޕޯޓްސްއިންވެސް ވަނީ މާޒިޔާގެ ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭރިއާ ބޭރުން ހަމްޒާ މުޙައްމަދު ދިން ބޯޅައެއް ހަސަން ނަޒީމް ހުސްކޮށް ހުރެ ފޮނުވާލުމުން ބުރު ސްޕޯޓްސްގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މާޒިޔާގެ ހަމްޒާ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 33 ވަނަ މިނެޓުގައި ނާއިޒް މުޙައްމަދު އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅައިން ހަމްޒާ ކާމިޔާބުކުރި ލަނޑުންނެވެ.
މާޒިޔާއިން ޖެހި ދެވަނަ ލަނޑަކީ އޭރިއާ ތެރެއަށް ވަދެ އިބްރާހީމް އައިސަމް ދިން ބޯޅައެއް އޭރިއާގެ އަރިމަތީގައި ހުރެ ނާއިޒް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ނާއިޒް ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މެޗުގެ ދެވަނަ ހާފުގައި މާ ގިނަ ނުރައްކާތެރި ފުރުސަތެއް ދެ ޓީމަށް ނުލިބުނު ނަމަވެސް، މިހާފުގައި ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން މާޒިޔާއިން ހިފިއެވެ. އެގޮތުން 59 މިނެޓުގައި ލިބުނު ހިލޭޖެހުމެއް އައިސަމް ގޯލަށް ވައްދާލީ އޭރިއާ ބޭރުން އަރިމިތީގައި ހުރެފަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
