
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މެޗު ޔޫވީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލިއިރު ދެ ޓީމުންވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. އެހެންކަމުން ލީގު މެދުކެނޑުމުގެ ކުރިން މި މެޗުން މޮޅުވުމުގެ މުހިންމުކަން ދެ ޓީމަށްވެސް ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ޔޫވީގެ ކޯޗު ވަނީ އެންމެ ފަހުން ނިއު ރޭޑިއަންޓާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހު މިއީ މޮޅުވާން މަޖުބޫރު މެޗެއް ގޮތުގައި ސިފަކޮށްފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ ރަނގަޅު އެޓޭކުތަކެއް އުފެއްދިފައެއް ނުވެއެވެ. އެހެންނަމަވެސް މި ހާފުގެ އެންމެ ފަހު މިނެޓުގައި ޔޫވީގެ ޑިފެންސުން ސާފުނުކޮށްލެވިގެން އުޅެނު ބޯޅަ ޓީސީގެ އަޙްމަދު ރިލްވާނަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ޔޫވީއެކެވެ. ދެވަނަ ހާފުގެ 10 މިނެޓު ތެރޭގައި ޔޫވީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ހުސެއިން ސުހާދު ސުހާންގެ ހެޓްރިކާއެކު މެޗުގެ އޮއިވަރު ޔޫވީން ބަދަލުކޮށްލިއެވެ. މިއީ ސުހާދު ޔޫވީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ދެވަނަ މެޗެވެ.
ޔޫވީން ނަތިޖާ އެއްވަރުކުރީ 48 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޔޫވީގެ ޝަނާން ރަޝާދު ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު ދިފާއުކުރުމުން، ރީބައުންސްވެގެން އައަމުން އޭރިއާ ތެރޭގައި ހުރެފައި ސުހާދު ކާމިޔާބުކުރި ލަނޑުންނެވެ. އަދި ޔޫވީން ލީޑު ނެގީ މެޗުގެ 52 ވަނަ މިނިޓުގައި މިސްރުގެ ފޯވާޑް މުސްތަފާ މަހުމޫދު އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބާރު ހަމަލާ ދަނޑިއަށް އަމާޒުވުމުން، ގޯލު އޭރިއާ ރޮނގު ކައިރީގައި ހުރި ސުހާދު ގައިގައި ޖެހިފަ ގޯލަށް ވަން ބޯޅައެކުންއެވެ. އޭގެ އިރުކޮޅެއްފަހުން ސުހާދު އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 58 ވަނަ މިނެޓުގައި އޭނާގެ އަމިއްލަ ހުނާރާއެކު ހާފުގެ މެދުތެރެއިން ހޯދި ބަޅައެއް ވަރަށް ރީއްޗަށް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑަކުންނެވެ. މި މެޗުގައި ޔުވީން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިބުނު ހެލޭޖެހުމަކުން ބަދަލަކަށް ކުޅެން ނުކުތް އިޝްއާފް މުޙައްމަދު ފިރާގެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ޔޫވީން ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
